March 10, 2026
Advertisement
ސވިލް ސާވިސް ކޮމިޝަން
ސވިލް ސާވިސް ކޮމިޝަން / ސިވިލް ސާވިރސް ކޮމިޝަން

މުސާރަ ބޮޑުކޮށްދިނުމަށް އެދި ސިވިލް ސާރވެންޓުންގެ ޕެޓިޝަނެއް ރައީސް މުއިއްޒަށް!

Mariyam Isaadha
މަރިޔަމް އިސާދާ
Jun 27, 2024, 07:41 PM
މާލެ ސިޓީ

ސިވިލް ސާވަންޓުންގެ މުސާރަ ބޮޑުކޮށްދިނުމަށް އެދި ރައީސް ޑރ. މުހައްމަދު މުއިއްޒުއަށް ޕެޓިޝަނެއް ހުށަހަޅައިފިއެވެ.

Advertisement

އެ ޕެޓިޝަނުގައި ބުނެފައި ވަނީ ސިވިލް ސާވަންޓުންނަކީ ގައުމު ހިންގަމުގައި އެންމެ މުހިންމު ދައުރެއް އަދާ ކުރާ ފަރާތް ނަމަވެސް އެ މީހުންނަށް ލިބޭ މުސާރަކީ އެންމެ އެކަށީގެންވާ ވަރުގެ މުސާރައެއް ނޫން ކަމަށެވެ.

ޕެޓިޝަނުގައި އިތުރަށް ވަނީ 2013 ގައި ރާއްޖެއިން ސޮއި ކުރި އީކުއަލް ރިމިއުނޭޝަން ކޮންވެންޝަންގެ ދަށުން އުފަން ކުރުވި ނޭޝަނަލް ޕޭ ކޮމިޝަނަށް އެތައް ދުވަހެއް ފާއިތުވެގެން ދިޔައިރު ވެސް ސިވިލް ސާވިސް މުވައްޒަފުންގެ މުސާރައިގެ އޮނިގަނޑަށް އެކަށީގެންވާ ވަރުގެ ބަދަލެއް ގެނެސްފައި ނުވާ ކަން ފާހަގަކޮށްފައެވެ.

ހަމައެހެންމެ މިހާރު ސިވިލް ސާވަންޓުންނަށް ލިބެމުންދާ މުސާރައަކީ ބާޒާރުގެ އަގުތައް އިންތިހާއަށް އުފުލިފައިވާ މިފަދަ ދުވަސްވަރެއްގައި ސިވިލް ސާވަންޓުންގެ ދިރިއުޅުމުގެ ހާލަތު ހުރި ގޮތުން އެކަށީގެންވާ މުސާރައެއް ކަމަކަށް ގަބޫލެއް ނުކުރެވޭ ކަމަށާ އަދި މިކަމުގެ ސަބަބުން ދިވެހި ސިވިލް ސާވަންޓުންގެ ދިރިއުޅުމުގެ ހާލަތަށް އަންނަނީ ނޭދެވޭ އަސަރުތައް ކުރަމުންކަންވެސް ޕެޓިޝަންގައި ފާހަގަކޮށްފައިވެއެވެ.

އެހެންކަމުން ޖުމުލަ 439 މީހުން ސޮއިކޮށް ހުށަހެޅި އެ ޕެޓިޝަނުގައި ވަނީ ޕޭ ހާމަނައިޒޭޝަންއަށް މިއަހަރުގެ ބަޖެޓުގައި ހިމެނި ފައިސާގެ ތެރެއިން ސިވިލް ސާވަންޓުންގެ މުސާރަ ބޮޑުކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާގެ އަރިހުން އެދިފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved