March 11, 2026
Advertisement
ރައީސް އޮފީހުގެ މިނިސްޓަރު އާދަމް ރަމީޒު
ރައީސް އޮފީހުގެ މިނިސްޓަރު އާދަމް ރަމީޒު / ރައީސް އޮފިސް

ރައީސް އޮފީހުގެ މިނިސްޓަރު ރަމީޒު ސަސްޕެންޑްކޮށްފި

Aishath Naja
އައިޝަތު ނަޖާ
Jun 27, 2024, 10:59 PM
މާލެ ސިޓީ

މައްސަލައެއް ބަލަމުންދާކަމަށް ބުނެ ރައީސް އޮފީހުގެ މިނިސްޓާރ އަދި ރައީސް މުއިއްޒުގެ އަރިސް ބޭފުޅުންތެރޭގައި ހިމެނިވަޑައިގެންނަވާ އާދަމް ރަޒީމު މިނިސްޓަރުކަމުން ސަސްޕެންޑްކޮށްފި އެވެ.

Advertisement

މިކަން "ތޭރަ އޮންލައިން" އަށް ރައީސް އޮފީހުގެ އިސް ތަރުޖަމާނު ހީނާ ވަލީދު ވަނީ ކަށަވަރު ކޮށްދީފައެވެ.

ނަމަވެސް ބަލަމުން ގެންދަނީ ކޮން މައްސަލައެއް ކަމެއް ރައީސް އޮފީހުން ހާމަކޮށްފައިނުވެއެވެ.

ރަމީޒު ސަސްޕެންޑްކޮށްފައި ކުރީ އޭނާގެ ކުރީގެ އަނބިކަނބަލުން އަދި އެންވަޔަރަމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ފާތިމަތު ޝަމްނާޒް ރައީސް ޑރ މުހައްމަދު މުއިއްޒާ ގާތްވުމަށް ސިހުރު ހެދިކަމަށް ތުހުމަތުކޮށް ހައްޔަރުކޮށްފައިވާ ވަނިކޮށްށެވެ.

ފުލުހުން މީޑިޔާއަށް ހާމަކުރި ގޮތުގައި ޝަމްނާޒް އާއި އިތުރު ދެމީހަކު ހައްޔަރުކޮށްފައިވަނީ އާދިއްތަ ދުވަހުއެވެ.

ޝަމްނާޒްގެ އިތުރުން ހައްޔަރުކޮށްފައިވާ ދެ މީހުންގެ ވަނަވަރު ފުލުހުން ވަނީ ސިއްރުކޮށްފައެވެ. ނަމަވެސް "ތޭރަ އޮންލައިން" އަށް މައުލޫމާތު ލިބުނު ގޮތުގައި ފުލުހުން ހައްޔަރުކޮށްފައިވަނީ ޝަމްނާޒް އާއި އާއިލީ ގޮތުން ގުޅުން އޮންނަ ބައެކެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved