March 28, 2026
Advertisement
ރައީސް މުއިއްޒު
ރައީސް މުއިއްޒު / ގޫގުލް

ރައީސް މުއިއްޒު "އިންޑިޔާ އައުޓް" ކެމްޕެއިންގައި ކުރީ އެކްޓިންގ!

Aishath Naja
އައިޝަތު ނަޖާ
Jun 28, 2024, 12:45 AM
މާލެ ސިޓީ

ރާއްޖޭގައި ގާއިމްވެފައި ތިބި އިންޑިޔާގެ އަސްކަރިއްޔާ ފޮނުވާލުމުގެ ނިޔަތެއް އޭރުގައި ވެސް ރައީސް ޑރ މުހައްމަދު މުއިއްޒުގެ ނެތް ކަން ސާބިތުވެއްޖެއެވެ.

Advertisement

މިކަން ހާމަވެފައިވަނީ ޕީއެންސީ ހަރުގޭގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދެެއްކެވި ހުޅުމާލެ އުތުރު ދާއިރާގެ މަޖިލިސް މެންބަރު ހުސެއިން ޝަރީފްގެ ވާހަކަތަކުންނެވެ.

އެގޮތުން އޭނާ ވިދާޅުވީ އިންޑިޔާ ކަހަލަ ބޮޑު ގައުމަކަށް ކުޑައިމީސް ވާގޮތަށް ބަހެއް ބުނުމަކީ އޭގެ ޒާތުގައި މަސްލަހަތު ފުށުއަރާ ކަމެއް ކަމަށާއި ޕީއެންސީގެ ލީޑަޝިޕުން އެކަން ކުރީ އޭރު ވެސް ރުހިގެން ނޫން ކަމަށެވެ.

އަދި ރައީސް ޑރ މުހައްމަދު މުއިއްޒު "އިންޑިޔާ އައުޓް" ޖަހާފައިވާ ޓީޝާޓް ތުރުކުރައްވައިގެން އެ ކެމްޕެއިންގައި ބައިވެރިވީ ވެސް ހިތާއި ދެކޮޅަށް ކަމަށް މެމްބަރު ހުސައިން ވަނީ ވިދާޅުވެފައެވެ.

ނަމަވެސް ރިޔާސީ އިންތިޚާބްގެ ކެމްޕެއިން ދުވަސްވަރު ރައީސް މުއިއްޒު ވަނީ އިންޑިޔާ ސިފައިން މި ގައުމުން ބާލާނެ ކަމުގެ ވައުދުވެފައެވެ. އަދި އިންޑިޔާ އަށް ބަރޯސާނުވެ ގައުމު ހިންގަވާނެ ކަމުގެ ވާހަކަތަކެއް ވެސް ދައްކާފައެވެ.

އެހެން ކަމުން ދޭހަވަނީ އޭރު ރައީސް މުއިއްޒު "އިންޑިޔާ އައުޓް" ގެ ނަމުގައި ކުރެއްވީ މުޅިންވެސް "އެކްޓް" ކަމެވެ.

އަދި ވެރިކަމަށް އައުމަށްފަހު އިންޑިޔާގެ ސިފައިން ފޮނުވާލެވިއްޖެ ކަމަށް ވިދާޅުވެ ވަނީ ރައްޔިތުންނަށް އޮޅުވާލާފައެވެ.

ރައީސް މުއިއްޒުގެ ސަރުކާރުގެ ތިން ނައިބު ވަޒީރުން ވަނީ އިންޑިޔާގެ ޕްރައިމް މިނިސްޓާރ ނަރެންދަރ މޯދީ އަށް ކުޑައިމީސް ވާގޮތަށް މީސްމީޑިޔާގައި ބަސް ބުނެފައެވެ. މިކަމާ ގުޅިގެން އިންޑިޔާގެ ޕްރެޝަރ ބޮޑުވެ ރައީސް މުއިއްޒު ވަނީ މި ތިން ނައިބުން ސަސްޕެންޑް ވެސް ކޮށްފައެވެ.

ވެރިކަން ލިބުމާއެކު ސަރުކާރުގެ ރާގު ވަނީ ވަރަށް ބޮޑަށް ބަދަލުވެފައެވެ. އެގޮތުން އިންޑިޔާ އާއި އެކު ގުޅުން ބަދަހި ނުކުރާނެ ކަމަށް ބުނި ނަމަވެސް ފެންނަނީ މި ސަރުކާރުން އިންޑިޔާއަށް ސަނާ ކިޔާ މަންޒަރެވެ. އަދި މާލީ ހާލަތު ގޯސްކަމަށް ބުނެ ރާއްޖެއަށް ފައިސާ ހޯދުމަށްޓަކައި ނާށިގަނޑު ހިއްޕަވައިގެން އެ ގައުމަށް ވަޑައިގެންނަވާ މަންޒަރެވެ.

އެގޮތުން ދާދި ފަހުން ވެސް ރައީސް މުއިއްޒު ވަނީ މޯދީ 3 ވަނަ ދައުރަކަށް ހޮވުމުން ހުވާ ކުރެއްވުމުގެ ރަސްމިއްޔާތައް ވަޑައިގެން ދައުލަތުގެ ބަޖެޓުން 1.4 މިލިއަން ރުފިޔާ ޚަރަދުކޮށްފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved