April 6, 2026
Advertisement
ސްޓޭޓް މިނިސްޓަރ ޝަމްނާޒް
ސްޓޭޓް މިނިސްޓަރ ޝަމްނާޒް / ސޯޝަލް މީޑިއާ

ރައީސް މުއިއްޒާ "ގާތްވުމަށް" ސިހުރި ހެދި ކަމުގެ ތުހުމަތުގައި ހައްޔަރު ކުރި ޝަމްނާޒް މަގާމުން ވަކިކޮށްފި!

Aishath Naja
އައިޝަތު ނަޖާ
Jun 28, 2024, 02:12 AM
މާލެ ސިޓީ

ރައީސް ޑރ މުހައްމަދު މުއިއްޒާ "ގާތްވުމަށް" ސިހުރު ހެދިކަމުގެ ތުހުމަތުގައި ހައްޔަރުކުރި އެންވަޔަރަމެންޓު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ފާތިމަތު ޝަމްނާޒް މަގާމުން ވަކިކޮށްފި އެވެ.

Advertisement

ޝަމްނާޒް ހައްޔަރުކޮށްފައިވަނީ ސީދާ ކޮން ތުހުމަތެއްގައި ކަމެއް ފުލުހުން ހާމަކޮށްފައި ނުވީނަމަވެސް މައުލޫމާތު ލިބުނު ގޮތުގައި އޭނާ އާއެކު އިތުރު ދެ މީހަކު ވެސް ހައްޔަރުކޮށްފައިވަނީ "ސިހުރު" ހެދި ކަމުގެ ތުހުމަތުގައެވެ.

މި ތިން މީހުންގެ ބަންދަށް ކްރިމިނަލް ކޯޓުން ވަނީ 7 ދުވަހުގެ މުއްދަތެއް ޖަހާފައެވެ.

ޝަމްނާޒް މަގާމުން ވަކިކޮށްފައިވާ ކަމުގެ މައުލޫމާތު "ތޭރަ އޮންލައިން" އަށް ވަނީ ކަށަވަރުވެފައެވެ.

ރައީސް އޮފީހުގެ ވެބްސައިޓުން ވެސް މިކަން ސާފުވެއެވެ. ރައީސް އޮފީހުގެ ވެބްސައިޓް ގައި ވެސް މިހާރު ފެންނަން ހުރީ އޭނާ އަކީ ކުރީން އެ މަގާމުގައި ހުރި މީހެއްގެ ގޮތުގައެވެ.

ޝަމްނާޒް އެންމެ ފުރަތަމަ މަސައްކަތް ކުރެއްވީ މުލިއާގޭގައެވެ. ނަމަވެސް ފަހުން އޭނާ ވަނީ އެންވަޔަރަމެންޓް މިނިސްޓްރީއަށް ބަދަލުކޮށްފައެވެ.

ޝަމްނާޒް ހައްޔަރުކޮށްފައިވާ ދަނޑިވަޅުގައި އޭނާގެ ކުރީގެ ފިރިމީހާ އަދި ރައީސް މުއިއްޒުގެ އަރިސް ބޭފުޅެއްކަމަށްވާ، ރައީސް އޮފީހުގެ މިނިސްޓާރ އާދަމް ރަމީޒް ވެސް ވަނީ މަގާމުން ސަސްޕެންޑް ކޮށްފައެވެ. މިކަން ރައީސް އޮފީހުގެ އިސް ތަރުޖަމާނު ހީނާ ވަލީދު ވަނީ ކަށަވަރުކޮށްދެއްވާފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved