April 6, 2026
Advertisement
ސްޓޭޓް މިނިސްޓަރ ޝަމްނާޒް
ސްޓޭޓް މިނިސްޓަރ ޝަމްނާޒް / ސޯޝަލް މީޑިއާ

ޝަމްނާޒު އާ އޭނާގެ ކޮއްކޮ ބަންދުން ދޫކޮށްލައިފި

Mariyam Isaadha
މަރިޔަމް އިސާދާ
Jul 13, 2024, 04:15 PM
މާލެ ސިޓީ

ސިހުރު ހެދިކަމުގެ ތުހުމަތުކޮށް ހައްޔަރުކޮށްފައި ހުރި އެންވަޔަރަމެންޓު މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު، ފާތިމަތު ޝަމްނާޒް އަލީ ސަލީމް އަދި އޭނާގެ ކޮއްކޮގެ ބަންދުން ދޫކޮށްލައިފިއެވެ.

Advertisement

ޝަމްނާޒުއާ އޭނާގެ ކޮއްކޮގެ ބަންދުގެ މުއްދަތު ތިން ވަނަ ފަހަރަށް އިތުރުކުރީ މިދިޔަ ހަފްތާގައެވެ. އެ ދުވަހު ކޯޓުންވަނީ އެމީހުންގެ ބަންދަށް އިތުރު ފަސް ދުވަސް ޖަހާފައެވެ.

ޝަމްނާޒުއާ އޭނާގެ ކޮއްކޮ ބަންދުން ދޫކޮށްލާފައިވާކަން ފުލުހުން ވަނީ ވަނީ ހާމަކޮށްފައެވެ. ފުލުހުން ހާމަކޮށްފައިވާ ގޮރުގައި އެ ދެމީހުންވެސް ބަންދުން ދޫކޮށްލީ އިތުރަށް ބަންސުގައި ބައިތިއްބަން ނުފެންނާތީ ކަމަށެވެ.

ޝަމްނާޒުގެ މައްޗަށް ތުހުމަތު ކުރަނީ ރައީސް ޑރ. މުހައްމަދު މުއިއްޒަށް ސިހުރު ހެދިކަމުގެ ތުހުމަތެވެ. ނަމަވެސް އެ މައްސަލައާ ރައީސްއާ ގުޅުމެއް ނެތް ކަމަށް ސަރުކާރުން ބުނެފައިވެއެވެ.

ނަމަވެސް ސަރުކާރުގެ ބައެއް އޮފިޝަލުން މީސްމީޑިޔާގައި ކުރަމުން އަންނަ ޕޯސްޓްތަކުން ޝަމްނާޒް ގެ މައްޗައް ކުރެވިފައިވަނީ ސިހުރު ހެދި ކަމުގެ ތުހުމަތު ކަން ސާފެވެ.

ޝަމްނާޒު އާއި އޭނާގެ ކޮއްކޮ ހައްޔަރު ކުރީ ޖޫން 23 ވަނަ ދުވަހުއެވެ.

ކޮމެންޓު
ކޮމެންޓްތައު
Ishaana
Jul 13, 2024, 05:24 PM
Mijehuny kinthanehga thee saajidha ge engumah kurin kameh kameh nufenunyma jehuny.dhoa kohalandhoa bala miinoon dhuvaheh ves adhi ebaothey edhuvahun javaabu dhaary vaane jeheyne saajidha gaduvarutheren dhari eh hoadhumugabulheny
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved