April 6, 2026
Advertisement
ކުރީގެ ސްޓޭޓް މިނިސްޓަރ ޝަމްނާޒް
ކުރީގެ ސްޓޭޓް މިނިސްޓަރ ޝަމްނާޒް / ސޯޝަލް މީޑިއާ

ޝަމްނާޒުގެ ބަންދުގެ މުއްދަތު ތިންވަނަ ފަހަރަށް އިތުރުކޮށްފި

Mariyam Isaadha
މަރިޔަމް އިސާދާ
Jul 9, 2024, 06:38 PM
މާލެ ސިޓީ

ސިހުރު ހެދިކަމުގެ ތުހުމަތުކޮށް ހައްޔަރުކޮށްފައި ހުރި އެންވަޔަރަމެންޓު މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު، ފާތިމަތު ޝަމްނާޒް އަލީ ސަލީމް އަދި އޭނާގެ ކޮއްކޮގެ ބަންދު ތިންވަނަ ފަހަރަށް އިތުރުކޮށްފިއެވެ.

Advertisement

އެގޮތުން ޝަމްނާޒުއާ އޭނާގެ ކޮއްކޮގެ ބަންދުގެ މުއްދަތު އިތުރު ފަސް ދުވަހަށް ވަނީ އިތުރުކޮށްފައެވެ.

އެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓުގައި ބޭއްވި އަޑުއެހުން ކުރިއަށްގެން ދިޔައީ ސިއްރުކޮށްގެންނެވެ. ޝަމްނާޒުގެ މައްޗަށް ތުހުމަތު ކުރަނީ ރައީސް ޑރ. މުހައްމަދު މުއިއްޒަށް ސިހުރު ހެދިކަމުގެ ތުހުމަތެވެ. ނަމަވެސް އެ މައްސަލައާ ރައީސްއާ ގުޅުމެއް ނެތް ކަމަށް ސަރުކާރުން ބުނެފައިވެއެވެ.

ނަމަވެސް ސަރުކާރުގެ ބައެއް އޮފިޝަލުން މީސްމީޑިޔާގައި ކުރަމުން އަންނަ ޕޯސްޓްތަކުން ޝަމްނާޒް ގެ މައްޗައް ކުރެވިފައިވަނީ ސިހުރު ހެދި ކަމުގެ ތުހުމަތު ކަން ސާފެވެ.

ޝަމްނާޒު އާއި އޭނާގެ ކޮއްކޮ ހައްޔަރު ކުރީ ޖޫން 23 ވަނަ ދުވަހުއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved