March 14, 2026
Advertisement
ޝަމްނާޒް އާ އޭނާގެ އާއިލާ މީހުން ވަނީ މަގާމުން ވަކިކޮށްފައި
ޝަމްނާޒް އާ އޭނާގެ އާއިލާ މީހުން ވަނީ މަގާމުން ވަކިކޮށްފައި / ސޯޝަލް މީޑިއާ

ޝަމްނާޒު ރަސްމީކޮށް މަގާމުން ވަކިކޮށް، އާއިލާ މީހުންވެސް މަގާމުތަކުން ވަކިކޮށްފި

Mariyam Isaadha
މަރިޔަމް އިސާދާ
Jan 28, 2025, 06:16 PM
މާލެ ސިޓީ

ރައީސް ޑރ މުހައްމަދު މުއިއްޒާ "ގާތްވުމަށް" ސިހުރު ހެދިކަމުގެ ތުހުމަތުގައި ހައްޔަރުކުރި އެންވަޔަރަމެންޓު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ފާތިމަތު ޝަމްނާޒް މަގާމުން ރަސްމީކޮށް ވަކިކުރިކަން އަންގައިފިއެވެ.

Advertisement

އެގޮތުން ގާނޫނުއަސާސީގެ 115 ވަނަ މާއްދާއިން ރައީސް ޑރ. މުހައްމަދު މުއިއްޒުއަށް ލިބިދޭ ބާރުގެ ދަށުން ޝަމްނާޒު މަގާމުން ވަކިކުިކަން މިއަދު އަންގާފައިވާއިރު. މި ސަރުކާރުގެ ސިޔާސީ މަގާމުތަކުގައި ތިބި އޭނާގެ އާއިލީ މީހުންވެްސ ވަނީ މަގާމުތަކުން ވަކިކޮށްފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި، ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމާއި ފޮރިން މިނިސްޓްރީގެ ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރުގެ މަގާމުތައި ތިބި ޝަމްނާޒްގެ އެއްބަޑު އެއްބަފާ ދެ ކޮއްކޮވެސް މަގާމުން މިއަދު ވަކިކޮށްފައެވެ.

ޝަމްނާޒު މީގެ ކުރިން ހުރީ ސަސްޕެންޝަންގައި ކަމަށް ސަރުކާރުން ކުރިން ހާމަކޮށްފައިވެއެވެ. ޝަމްނާު މަގާމުން ވަކިކޮށްފައިވާއިރު މިއަދުގެ ވަގުތެއްގައި ޓޫރިޒަމް މިނިސްޓަރުކަމުގެ މަގާމުގައި ހުރި އިބްރާހިމު ފައިސަލް ވެސް ވަނީ މަގާމުން ވަކިކޮށްފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved