March 11, 2026
Advertisement
ރައްޔިތުން މަޖިލިސް ކުރާ ގެ
ރައްޔިތުން މަޖިލިސް ކުރާ ގެ / ސަން އޮންލައިން

އާދިއްތަ ދުވަހު މަޖިލީހުގެ ޖަލްސާއެއް، އެޖެންޑާކޮށްފައިވަނީ ދައުލަތުގެ ދަރަންޏާ ބެހޭ ބިލް!

Mariyam Isaadha
މަރިޔަމް އިސާދާ
Jun 29, 2024, 05:24 PM
މާލެ ސިޓީ

ދައުލަތުގެ ދަރަންޏާ ބެހޭ ބިލް އެޖެންޑާކޮށް މަޖިލީހުގެ ޖާލްސާއެއް އާދިއްތަ ދުވަހު ބޭއްވުމަށް ތާވަލުކޮށްފިއެވެ.

Advertisement

އާދިއްތަ ދުވަހަށް ޖަލްސާއެއް ބާއްވަން ތާވަލުކޮށް އެ ޖަލްސާގެ އެޖެންޑާ މަޖިލީހުގެ ވެބްސައިޓްގައި އާންމުކޮށްފައެވެ.

އާދިއްތަ ދުވަހުގެ ޖަލްސާގެ އެޖެންޑާގައި ސަރުކާރުގެ ފަރާތުން ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު މަމްދޫހު ހުށަހަޅުއްވާފައިވާ "ދައުލަތުގެ ދަރަންޏާ ބެހޭ ބިލް" ގެ މަސައްކަތާއި ޔޫރަޕިއަން ޔޫނިއަން އާއެކު ސަރުކާރުން ސޮއިކުރާ ސަމޮއާ އެގްރިމެންޓަށް ރުހުން ހޯދުމާމެދު ގޮތެއް ނިންމުން ހިމެނެއެވެ.

އޭގެ އިތުރުން ތުރުކީއަށާއި ސައުދީ އަރަބިއްޔާއަށް ރާއްޖެއިން ކަނޑައަޅާ ސަފީރުން އައްޔަނު ކުރުމާމެދު މަޖިލީހުގެ ޚާރިޖީ ގުޅުންތަކުގެ ކޮމިޓީން ނިންމި ގޮތުގެ ރިޕޯޓުގެ މަސައްކަތްވެސް މާދަމާގެ ޖަލްސާއަށް ތާވަލު ކޮށްފައިވެއެވެ.

މަޖިލީހުގެ ޖަލްސާއެއް އާދީއްތަ ދުވަހަށް ތާވަލު ކޮށްފައިވާއިރު ރާއްޖޭގެ އިގްތިސާދު ހަމަމަގަށް އަޅުވައި މާލީ ހާލަތު ރަނގަޅު ކުރުމަށްޓަކައި ޚާއްސަ ފިޔަވަޅުތަކެއް އެޅުމަށް ރައީސް ޑރ. މުޢިއްޒު ވަނީ ނިންމަވާފައިވާކަން ހާމަކުރައްވާފައިވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved