އެެއްވެރިކަމުން އަނެއް ވެރިކަމަށް ދަރަނި ވާރުތަނުވެ ސާފު ފައިދާގައި ވެރިކަމެއް ރާއްޖޭގައި ބަދަލުވީ ކޮން އިރަކުހެއްޔެވެ. ރައީސް އިބްރާހިމު ނާސިރުގެ ވެރިކަންނިމި ރައީސް މައުމޫނު ވެރިކަމާ ހަވާލުވެ ވަޑައިގެން އިރުވެސް ރާއްޖޭގައި ދަރަނި އޮތެވެ. ލޯނާއި ބަޖެޓް ސަޕޯޓާއި ޓީ ބިލާއި ޓީ ބޮންޑުން އަރައިގެން ވެރިކަމެއް ދިވެހިން ނުދެކެއެވެ.
ކަންކަން މިހެން ހުރިއިރު ރައީސް މައުމޫނުގެ ވެރިކަން ބަދަލުކުރަން އުޅުނު އިރު އެންމެ ބާރަށް ދެއްކި އެއް ވާހަކައަކީވެސް ދަރަނީގެ ވާހަކައެވެ. ރައީސް ނަޝީދު ވެރިކަން ދައުރު ހަަމަނުވަނީސް ނިމުމަކަށް އައުމުގެ މައިގަނޑު އެއް ސަބަބަކަށް ދަރަނިވުމެވެ. ރައީސް ޑރ. ވަހީދުގެ ވެރިކަމުގައިވެސް ގައުމުގެ ދަރަނީ ވީ އިތުރެވެ.
ރައީސް ޔާމީންގެ ވެރިކަމުގެ އުފާފަގަތި ފަސް އަހަރަށް ފަހު އަނެއްކާވެސް ފެނިގެން ދިޔައީ ދަރަނި ބޮޑުތަނުން އަރައިގެން ދިޔަ މަންޒަރެވެ.
ރައީސް ސޯލިހުގެ ވެރިކަމަށް ވާރުތަ ކުރި ދައުލަތުގެ ދަރަނިތަކާއެކު ދައުރު ނިމުމުނުއިރު 40 އަހަރުގެ ތެރޭގައި ދިވެހިންގެ ދަރަނި އިތުރުނުވާ މިންވަރަށް ދަރަނި އިތުރވެފައިވެއެވެ. އެހެންކަމުން 2023ގެ ރިޔާސީ އިންތިހާބުގެ ދުވަސްވަރުވެސް އެންމެ ގަދައަށް އޭރުގެ އިދިކޮޅު ކެންޑިޑޭޓު ދެއްކެވީ ރާއްޖޭގެ ދަރަނީގެ ވާހަކައެވެ. ދަރަނި ދަންތުރައިން ރާއްޖެ ސަލާމަތް ކުރެވޭނީ އެމަނިކުފާނު ވެރިކަމަށް އައިސްގެން ކަމަށް ނުހަނު ހަރު އަޑުފުޅުން ރައީސް މުއިއްޒު ވިދާޅުވިއެވެ. އަދި ވެރިކަމުގެ ކުރިންވެސް ދަރަނި ދެއްކުމުގެ ފޯމިއުލާ ހޯދާފައިވާކަމާ އަދި ދަރަނި ދައްކަން އެހީވެސް ބޭރު ގައުމުތަކުން ލިބިފައި ހުރިކަންވެސް އިއުލާންވެސް ކުރެއްވިއެވެ.
ރާއްޖޭގެ މައިގަނޑަ އިގްތިސާދަކީ ފަތުރުވެރިކަމާ މަސްވެރި ކަމަށްވާއިރު ފަތުރުވެރިންނެއް ރާއްޖެ ނާދެއެވެ ބާނާ މަހެއް ބޭރެއް ނުކުރެވެއެވެ. ދެން ގައުމުގެ އިގްތިސޯދު ބޫސްޓު ކުރަން ބޫމް ފޯމިއުލާއެއް ގެންނާނެ ކިހިނަކުން ކަމާމެދު ވިސްނާ ފިކުރު ކުރާ ބަޔަކު ސުވާލުކުރާނެއެވެ. ނަމަވެސް އޭރު ދިވެހިން އެކަމާ މާބޮޑަކަށް ނުވިސްނާ ވޯޓު ދިނެވެ. މުއިއްޒަށެވެ. ގައުމުގެ ކަންކަން ހަމަމަގަށް އަޅުވާ ގައުމުގެ އިގްތިސޯދު ވެންޓިލޭޓަރުން ނަގާ އޮކްސިޖަންއާ ނުލާ ނޭވާލައްވަންށެވެ.
ނަމަވެސް ކަންވެގެން ދިޔައީ ދިމާ އިދިކީލަ ކޮށެވެ. ވެރިކަން ލިބުމުން ބަހާ އަމަލާ ދިމާނުވިއެވެ. ވައުދުތައް އުވެމުންދަނީއެވެ. އިގްތިސޯދު އަތު ފަތު ނުޖެހި ދަށަށް ގޮސް މިހާރު ތިން ގަނޑު ފިލަޔާ ކަފުނާ ބޮކަރާ ކާފޫރާވެސް ތައްޔާރުކުރަން ޖެހިފައެވެ.
އިގްތިސޯދަށް ނުކަތާ ވާރަށް މަޖިލިސް އިންތިހާބާ ދިމާކޯށްވެސް ފައިސާ ޕަމްޕްކޮށް މުޅި ގައުމުގެ އިކޮނޮމީ ފުނޑާލީ ހިތަށް ހޭ ވެސް އަރުވާ ނުލައެވެ. މަޖިލިސް ގޮނޑި ބައި ހުކު އޯ ކުރުކް ހޯދަން ފޫގަޅާލީ ރައްޔިތުންނަށް ވިސްނާނުލައެވެ.
ނުވިތާކަށް ވެރިކަމާ ހަވާލުއިރުވެސް ވާރުތަވި ބޮޑޫ ދަރަންޏެއް އޮތްކަން އނެގޭއިރު އެ ވާހަކަ ނުދެއްކީ ޚިއްވެބާއެވެ. ރައްޔިތުން ފޯލްސް ހޯޕެއްގައި ބައިތިއްބައިގެން ނުކުމެ މަޖިލިސް ގޮނޑިތައް ހޯދީ މަކަރުންބާއެވެ؟ އެއީ އޭރު ގައިމަކު ހިތި ޞޭހެއް ބޮން ޖެހިދާނެވާހަކަ އެއް ނުބުނާތީއެވެ.
އޭރުވެސް ދުނިޔޭގެ މާލީ އިދާރާތަކުން ރާއްޖެއަށް އިންޒާރު ދޭތާ މަދު ދުވަހެއް ނޫނެވެ. ނަމަވެސް ރައީސް މުއިއްޒު ގެންދެވީ ރައްޔިތުންނަށް އަވާ މެންދުރު ދައްކަވަމުންނެވެ.
ތިމާމެން ބޭނުން ހުރިހާ ކަމެއް ވުމުން ދެން ނުކުމެ ރައްޔިތުންނަށް އިގްތިސޯދީ ހާލަތު އެނގެން ޖެހެއޭ ހިތި ބޭހޭ ފާ ފަފަޅޮލޭ ކިޔަކަސް ކަމަކު ނުދާނެއެވެ.
މާކަން ވާ މީހަކަށް ހެދިގެން ރޮއި އާދޭސްކޮށް ދެފައިތަޅާ ދެއްކި ދޮގު ހުވަފެންތަކުގައި ރައްޔިތުންގެ ބަޔަކު ޖެހި މުއިއްޒަށް ވެރިކަން ދިނީއެވެ. ވެރިކަން ލިބުމުން ދުނިޔެ ރަންވެގެން ތެޅެގަތީ ދޮން ހަސަނަށް އަމާ ފެނިގެން އުޅުނު ހެންނެވެ.
ގައުމު އޮތް ހާލަތެއް ބޯމަތީގައި އޮތް ދަރަންޏެއްގެ މަތިން ހަނދާނެއް ނެތެވެ. ބަޔަކު އެއްޗެއް ދޭނަމޭ ބުނާއިރަށް އެއީ ޖީލުގައި އޮތް އެއްޗެއް ކަމަށް ބަލައިގެން ހުރިއްޔާ ހުރި އެއްޗެއް ތަޅާ ބުރުއްސާލީއެވެ. އެންމެ ފަހުން މާ ކަނޑުގައި ދިޔަތައް ހަލާ ދެކޮޅުން ރާޅު އަރުވަން ފެށީއެވެ. ރޯމާ ދުވާލު ރައީސް މުއިއްޒު ބޮލާފޮށާއެޅި ބަރަހަނަވަނީއެވެ. މާތްކަލާކޯއެވެ. ކުރީ ސަރުކާރޭ ނުކިޔާ ދެންވެސް އަވަަހަށް ފައިބާށެވެ.