March 11, 2026
Advertisement
މަޖިލީހުގެ ޖަލްސާ
މަޖިލީހުގެ ޖަލްސާ / -

ސަމޯއާ އެގްރީމެންޓުގައި ބައިވެރިވުމަށް މަޖިލީހުން ފާސްކޮށްފި

Mariyam Isaadha
މަރިޔަމް އިސާދާ
Jun 30, 2024, 06:25 PM
މާލެ ސިޓީ

އޯގަނައިޒޭޝަން އޮފް އެފްރިކަން، ކެރީބިއަން އެންޑް ޕެސިފިކް ސްޓޭޓްސް (އޯއޭސީ.ޕީއެސް) އާއި ޔޫރަޕިއަން ޔޫނިއަން (އީޔޫ) އާ ދެމެދު ގާއިމުކޮށްފައިވާ "ސަމޯއާ އެގްރީމަންޓް" ގައި ރާއްޖެއިން ބައިވެރިވުމަށް ފެންނަ ކަމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

Advertisement

މިގޮތަށް ފާސްކުރީ މިއަދު މަޖިލީހުގައި ނެގި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 82 މެންބަރުންގެ އިއްތިފާގުންނެވެ. މި މއްސަލަ ދިރާސާކުރީ ހާރިޖީ ގުޅުންތަކުގެ ކޮމިޓީންނެވެ.

މި އެގްރީމެންޓުގައި ބައިވެރިވުމުން ރާއްޖެއިން ބޭރަށް އެކްސްޕޯޓު ކުރާ ކަނޑުމަހުގެ އެކި ބާވަތްތަކަށް ރަނގަޅު އަގެއް ހިމެނޭހެން، ޔޫރަޕްގެ އިއްތިހާދުން އެކި ދާއިރާތަކުން ފަހިކޮށްދޭ ފުރުސަތުތައް ރާއްޖެއަށް ލިބިގެންދާނެއެވެ.

މި އެއްބަސްވުމަކީ އަކީ ކުރިއަށް އޮތް ވިހި އަހަރަށް އީޔޫ އާއި އޯއޭސީޕީއެސް އިން ޖުމަލް ހަ ދާއިރާއަކުން އެކުގައި މަސައްކަތް ކުރުމަށް އެކުލަވާލާފައިވާ ގާނޫނީ އޮނިގަނޑު ހާމަކޮށްދޭ އެގްރީމަންޓެކެވެ.

އެއްބަސްވުމުގައިވާ މައިގަނޑު ހަ ދާއިރާއަކީ ހިއުމަން ރައިޓްސް އެންޑް ޑިމޮކްރަސީ، ޕީސް އެންޑް ސެކިއުރިޓީ، ޑިވެލޮޕްމަންޓް، އިކޮނޮމިކް ގްރޯތް، ކްލައިމެޓް ޗޭންޖް އަދި މައިގްރޭޝަން އެންޑް މޮބިލިޓީއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved