June 4, 2026
Advertisement
ޑރ. ޖަމީލް
ޑރ. ޖަމީލް / ޝަފްރާޒް | ތޭރަ އިމޭޖްސް

ރައީސް މުއިއްޒުގެ މައްސަލައަކީ ވޯޓު ހޯދަން ދެ ފަހަރުވެސް ދޮގުހެދިކަން: ޑރ. ޖަމީލު

Mariyam Isaadha
މަރިޔަމް އިސާދާ
Jun 30, 2024, 06:52 PM
މާލެ ސިޓީ

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މައްސަލައަކީ ވޯޓު ހޯދަން ދެ ފަހަރުވެސް ދޮގުހެދިކަން ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ.

Advertisement

ރައީސް މުއިއްޒަށް ޑރ. ޖަމީލުގެ ނުރުހުން އަމާޒުކުރައްވާފައިވަނީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

ޑރ. ޖަމީލު ވަނީ ރިޔާސީ އިންތިޚާބުގެ ތެރޭގައި ރައީސް މުއިއްޒު ދިވެހިރާއްޖޭގެ ދަރަނި ދެއްކޭނެ ކަމުގެ ފެހި ސިގްނަލް ލިބިފައިވާ ކަމަށް ވިދާޅުވި ވާހަކައަށް އަލި އަޅުވާލައްވާފައެވެ.

އެގޮތުން އޭރު ވިދާޅުވީ، ކަންބޮޑުވުމެއް ނެތްކަމަށް ކަމަށާ ދަރަނި ރީފައިނޭންސްކުރެވޭނެ ކަމަށް ކަން ޑރ. ޖަމީލު ފާހަގަކުރައްވާފައިވެއެވެ.

އެހެންކަމުން އެކަމުގެ ގްރީން ސިގްނަލް ލިބިފައި ކަމަށް ވިދާޅުވުމަށް ފަހު މިހާރު ދެން ރަތް ސިގްނަލަށް ބަދަލުވެގެން އުޅެން ޖެހޭ ސަބަބކީ ކޮބައިތޯ ޑރ. ޖަމީލު ވަނީ ސުވާލު އުފައްދަވާފައެވެ. އަދި ކުރީ ސަރުކާރޭ ކިޔާ ބޯދަމައިނުގަތުމަށް ވެސް ޑރ. ޖަމީލު ގޮވާލައްވާފައިވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved