February 22, 2026
Advertisement
އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް
އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް / ތޭރަ އޮންލައިން

އެމްއެމްއޭގެ ގަވަރުނަރު ވަކިކުރަން ރައީސް މުއިއްޒަށް ލަފާ ދޭން ނިންމައިފި

Aishath Naja
އައިޝަތު ނަޖާ
Jul 1, 2024, 06:35 PM
މާލެ ސިޓީ

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ގަވަރުނަރު އަލީ ހާޝިމް އޭނާގެ މަގާމުން ވަކިކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒަށް ލަފާ ދޭން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ފާސްކޮށްފިއެވެ.

Advertisement

ގަވަރުނަރު ހާޝިމް ވަކިކުރުމުގެ މައްސަލަ މާލިއްޔަތު ކޮމިޓީއަށް ހުށަހެޅުއްވީ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ނާޒިމެވެ.

ނާޒިމް އެ މައްސަލަ ހުށަހަޅުއްވަމުން ވިދާޅުވީ ގަވަރުނަރު ވަކިކުރަން ލަފާ ދެނީ ގައުމުގެ އިގުތިޞާދު ހީނަރުވެ އަލުން އަނބުރާ އިޔާދަކުރަން އުނދަގޫ ހިސާބަކަށް ދިޔައިރު އެމްއެމްއޭއަށް މަނިޓަރީ ޕޮލިސީ ހިންގޭ މަންޒަރު ފެންނަމުން ނުދާ ކަމަށެވެ.

އެގޮތުން ނާޒިމް ވަނީ 3 ކަމެއް ފާހަގަކުރައްވާފައެވެ.

އެއީ:

  • ރާއްޖޭގައި ހިންގާ ބޭންކުތަކާއި މާލީ އިދާރާތަކުން އާންމުންނަށް ލޯނު ދޫކުރާ މިންވަރު ނުސީދާކޮށް ހިފަހައްޓާ، ބޭންކުތަކުގެ ރިޒާާވް، އެމްއެމްއޭގައި ބަހައްޓަން ގަވަރުނަރު ބާރުއެޅުުއްވުން
  • ސަރުކާރުން ވެސް މިހާރު ފައިސާ ހޯދަމުން ގެންދަނީ ޑޮމެސްޓިކް މާކެޓްއިން ކަމުން ޑޮމެސްޓިކް މާކެޓް ރެގިއުލޭޓުކުރުމުގެ މުހިންމުކަން ބޮޑުވެފައިވާ ވަގުތެއްގައި އެކަން ކުރަމުންދާތަން ނުފެނުން
  • ކުށްކުރުން ހުއްޓުވަން ހުރި ގޮންޖެހުންތަކުގެ ތެރޭގައި އެމްއެމްއޭގެ ގަވައިދުތައް އަދާ ހަމަ ނޫން މައްސަލަ ފާހަގަކުރެވޭތީ

އެމްއެމްއޭ ގާނޫނުގެ ދަށުން، އެ އޮތޯރިޓީގެ ގަވަރުނަރު ވަކިކުރަން ރައީސްއަށް ލަފާދިނުމަކީ މަޖިލީހަށް ކުރެވޭނެ ކަމެއް ކަން ފާހަގަކޮށްލެވެއެވެ.

އިގްތިޞާދީ ގޮތުން ކަންބޮޑުވާން ޖެހޭ އެއްވެސް ކަމެއް ނެތް ކަމަށް ވިދާޅުވެ ވެރިކަމަށް އަައުމަށްފަހު 7 މަސްވެގެން ދިޔައިރު ރާއްޖޭގެ އިގްތިޞާދީ ހާލަތު ދަށަށް ވައްޓާލައިފައިވަނީ މި ސަރުކާރުން ކަމަށް ގިނަ ބަޔަކު ތުހުމަތު ކުރެއެވެ.

އެގޮތުން އެއްވެސް ހައްދެއް ނެތި ސިޔާސީ މުވައްޒަފުން އައްޔަންކޮށް މުސާރަ ދިނުމާއި ބޭރުގެ ގައުމުތަކަށް ވަޑައިގެން މިލިއަނުން ހަރަދު ކުރުން ހިމެނެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved