April 6, 2026
Advertisement
ސްޓޭޓް މިނިސްޓަރ ޝަމްނާޒް
ސްޓޭޓް މިނިސްޓަރ ޝަމްނާޒް / ސޯޝަލް މީޑިއާ

ޝަމްނާޒްގެ ބަންދަށް އިތުރު 7 ދުވަސް ޖަހައިފި

Aishath Naja
އައިޝަތު ނަޖާ
Jul 1, 2024, 07:59 PM
މާލެ ސިޓީ

ރައީސް ޑރ މުހައްމަދު މުއިއްޒު އާއި "ގާތްވުމަށް" ސިހުރު ހެދި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި އެންވަޔަރްމެންޓްގެ ކުރީގެ ސްޓޭޓް މިނިސްޓާރ ފާތިމަތު ޝަމްނާޒްގެ ބަންދަށް އިތުރު ހަތް ދުވަސް ޖަހައިފިއެވެ.

Advertisement

ޝަމްނާޒް އަދި އޭނާ އާއެކު ސިހުރު ހެދުމުގައި އުޅުނު އޭނާގެ ކޮއްކޮގެ ބަންދަށް ގޮތެއް ނިންމުމަށް ދިވެހިރާއްޖޭގެ ކްރިމިނަލް ކޯޓުން ބޭއްވި އަޑުއެހުން ވަނީ ސިއްރުކޮށްފައެވެ.

އެ މައްސަލައިގައި ޝަމްނާޒް އިތުރުން އޭނާގެ އެއްބަނޑުއެއްބަފާ ކޮއްކޮ، ހައްވާ ސަނާ ސަލީމް އާއި ސިހުރު ހެދި ކަމަށް ތުހުމަތުކުރާ ތ. ކިނބިދޫ ހުސައިން ސަމީރު ހައްޔަރުކުރީ ފުލުހުންގެ އިންޓެލިޖެންސް ރިޕޯޓެއްގެ މައްޗަށެވެ.

ނަމަވެސް ތުހުމަތާ ގުޅޭ ގޮތުން އިތުރު އެއްވެސް ތަފްސީލެއް ފުލުހުން ދީފައިނުވެއެވެ.

އަދި މިކަމާ ބެހޭ ގޮތުން ސަރުކާރުން ސީދާ އެއްޗެއް ބުނެފައިނުވީ ނަމަވެސް ސަރުކާރުގެ ބައެއް އޮފިޝަލުން މީސްމީޑިޔާގައި ކުރަމުން އަންނަ ޕޯސްޓްތަކުން ޝަމްނާޒް ގެ މައްޗައް ކުރެވިފައިވަނީ ސިހުރު ހެދި ކަމުގެ ތުހުމަތު ކަން ސާފެވެ.

ޝަމްނާޒު އާއި އޭނާގެ ކޮއްކޮ ހައްޔަރު ކުރީ ޖޫން 23 ވަނަ ދުވަހުއެވެ.

އެ ދެ މީހުންގެ ބަންދަށް ޖަހާފައިވާ ހަތް ދުވަހުގެ މުއްދަތު ހަމަވީ މިއަދަށެވެ.

މިއަދު އަނެއްކާ ކްރިމިނަލް ކޯޓުން މި ވަނީ އެ ދެ މީހުންގެ ބަންދަށް އިތުރު 7 ދުވަސް ޖަހާފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved