March 25, 2026
Advertisement
ރައީސް ޔާމީން ޖަލްސާގައި ވާހަކަ ދައްކަވަނީ
ރައީސް ޔާމީން ޖަލްސާގައި ވާހަކަ ދައްކަވަނީ / ތޭރަ އޮންލައިން

ރައްޔިތުންގެ މަސްލަހަތު ގެއްލޭ ކަންކަން ކުރާތީ ނިކުމެ މިހުރީ މަނައެއްގެ ގޮތުގައި: ރައީސް ޔާމީން

Mariyam Isaadha
މަރިޔަމް އިސާދާ
Jul 2, 2024, 01:44 AM
މާލެ ސިޓީ

މިއަދު އެމަނިކުފާނު ނުމެ ވަޑައިގެން ހުންނެވީ ގައުމުގެ މަސްލަހަތާ ރައްޔިތުންގެ މަސްލަހަތު ގެއްލޭ ފަދަ ކަންކަން ދިވެހި ސަރުކާރުން ކުރަމުން ގެންދާތީ މަނައެއްގެ ގޮތުގައި ކަމަށް ރައީސް އަބދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

Advertisement

ދަ ފްރޮންޓު އޮފީހުގައި ބޭއްވި ޖަގަހަ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، އަދުގެ ސަރުކާރަށް 7 މަސް ވެގެން ދިޔައިރު ރައްޔިތުން އެނގެން ބޭނުންވާ ޖަވާބު ލިބެން ބޭނުންވާ ކަންކަން އެބަހުރި ކަމަށާ އޭގެ ތެރޭގައި އިންޑިއާގެ އެއްބަސްވުންތަކާ ކަނޑު ވިއްކާލުން ފަދަ ކަންކަމުގެ ހަގީގަތާ ތަފްސީލު ހިމެނޭ ކަމަށެވެ. ނަމަވެސް ސަރުކާރުން އެކަންކަން ވަންހަނާ ކޮށް ރައްޔިތުންނަށް އޮޅުވާލަމުން ގެންދާތީ އެމަނިކުފާނު ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

ރައްޔިތުންގެ މަސްލަހަތު ގެއްލޭކަންކަން ކުރާތީ އަޅުގަޑުމެން ނުކުމެ މިތީ މަނައެއްގެ ގޮތުގައި. އެކަން އަޅުގަޑުމެން ހުއްޓުވާނަން. އެއީ ކޮންމެހެން ރައީސް މުއިއްޒުއަށް ދަތި ކުރުމަކަށް ކުރާ ކަމެއް ވެސް ނޫން. އެއީ އަޅުގަޑުމެން ކޮންމެ މީހަކީ ފަރުދީ ގޮތުން އަދި ޕާޓީއެއް އުފައްދައިގެން މިކުރާ މަސައްކަތުގައި ސިޔާސީ ހަރަކާތުގައި މިކުރާ މަސައްކަތުގައި އަޅުގަޑުމެންގެ އެންމެ ފުރަތަމަ ކަމަކީ އެންމެ ފުރަތަމަ ގައުމު. އެންމެ ފުރަތަމަ ގައުމު އެއީ އަދިވެސް އަޅުގަޑުމެންގެ ޝިއާރަކީ.

ރައީސް ޔާމީން

ރައީސް ޔާމީން ވިދާޅުވީ، ގައުމެއްގައި ކޮމްޕްރޮމައިޒް ވާން ނުޖެހޭނެ ކަންކަން ހުންނާނެ ކަމަށާ އެގޮތުން ޚާރިޖީ ސިޔާސަތު ތަރައްގީ ކުރަން ބޭނުންވިޔަސް، އަޅުގަޑުމެން ގަބޫލުނުކުރާ ޕްރޮޓޮކޯލްތަކަށް ނޫނެކޭ ބުނަން ކެރެން ވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ކޮމެންޓު
ކޮމެންޓްތައު
މޫސާ
Jul 2, 2024, 03:27 AM
މަރީ ލިޔާއިރު ކުންނުލިޔެބަލަ
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved