މަސްވެރިން މެދުކެނޑުމެއްނެތި އިހުތިޖާޖުކުރުމުން ބާކީ ފައިސާކޮޅު ސަރުކާރުންދީފި ކަމަށް ބުނެފިއެވެ.
މިފްކޯއިން ބުނީ، މަސްވެރިންނަށް ދޭންޖެހޭ ފައިސާ މިއަދު ޖަމާކުރަން ފަށާފައިވާ ކަމަށާ ޖުމުލަ 53 މިލިއަން ރުފިޔާ މަސްވެރިންނަށް ޖަމާކުރުމުގެ މަސައްކަތް މިހާރު އެބަ ކުރިއަށްދާކަމަށެވެ.
މިފްކޯއިން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ބުނި މިއަދު ޖަމާކުރަން ފަށައިފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހުގެ ނިޔަލަށް އޮޑިވެރިންނަށް ދައްކަން ޖެހޭ ފައިސާ ކަމަށެވެ.
މިފްކޯއިން އެފަދައިން ބުނީ، އެ ކުންފުނިން ދެން މަސް ގަންނާނީ ބައިނަލްއަގުވާމީ ބާޒާރުގައި ބައިނަލްއަގުވާމީ ބާޒާރުގައި ގަނޑުކުރި ކަޅުބިލަމަހުގެ އަގު ހުރި މިންވަރަށާއި މަސް ގަނެ އެކްސްޕޯޓުކުރުމަށް ހިނގާނޭ ޚަރަދުތަކަށް ބަލައި ކޮންމެ ހަފުތާއަކު ކަނޑައަޅާ އަގެއްގައި ކަމަށް އިއްޔެ އިއުލާންކުރުމަށް ފަހުގައެވެ.
ފިޝަރީސް މިނިސްޓަރު އަހުމަދު ޝިޔާމް ވަނީ، އެ ބަދަލާއެކު މަސްވެރިން ކިރާ މަހަށް ފައިސާ ދޫކުރެވޭނީ ދެ ހަފުތާތެރޭ ކަމަށް ވިދާޅުވެފައެވެ.
އެ ބަދަލުގެ ދަށުން، އަންނަ ހުކުރު ދުވަހުގެ ނިޔަލަށް މަސް ގަންނަ އެންމެ -/16 ރުފިޔާއަށެވެ.
މި ސަރުކާރު ވެރިކަމަށް އައީ މަސް ގަންނަ އަގު -/20 ރުފިޔާއަށް ވުރެ ތިރިނުކުރާނެ ކަމަށް ވައުދުވެގެން ނަމަވެސް މިހާރު ވަނި އެ ވައުދާ ވެސް ޚިލާފުވެފައެވެ. މީގެ އިތުރުން 48 ގަޑިއިރުގެ ތެރޭގައި ބާނާ މަހަށް ފައިސާ ދޭން ވީ ވައުދުވެސް ނުފުއްދާތީ މަސްވެރިން ވަނި އކި ފަހަރު މަތިން ިއހުތިޖާޖުކޮށްފައެެވެ.