March 10, 2026
Advertisement
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް / އަވަސް

އޭޑީއެފާއި ޑިޕާޗާ ޓެކްސްގެ ގޮތުގައި މިދިޔަ އަހަރު 1.9 ބިލިއަން ރުފިޔާ

Aishath Naja
އައިޝަތު ނަޖާ
Jan 23, 2024, 12:01 AM
މާލެ ސިޓީ

އެއާޕޯޓް ޑިވެލޮޕްމަންޓް ފީ (އޭޑީއެފް) އާއި ޑިޕާޗާ ޓެކްސްގެ ގޮތުގައި 2023 ވަނަ އަހަރު ދައުލަތަށް 1.9 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވާ ކަމަށް ތަފާސް ހިސާބުތައްކުން ދައްކައިފިއެވެ.

Advertisement

މޯލްޑިވްސް އިންލެންޑް ރެވެނިޔު އޮތޯރިޓީ (މީރާއިން) އާންމު ކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މިދިޔަ އަހަރުގެ ތެރޭގައި އެއާޕޯޓް ޑިވެލޮޕްމަންޓް ފީ (އޭޑީއެފް) ގެ ގޮތުގައި އެއް ބިލިއަން ރުފިޔާ ލިބިފައިވެއެވެ. އަދި ޑިޕާޗާ ޓެކްސްގެ ގޮތުގައި މިދިޔަ އަހަރު ދައުލަތަށް 983 މިލިއަން ރުފިޔާ ލިބިފައިވެއެވެ.

އޭޑީއެފްގެ ގޮތުގައި މިދިޔަ އަހަރު ލިބުނު އާމްދަނީއަކީ އޭގެކުރިން 2022 ވަނަ އަހަރު ލިބުނު 849 މިލިއަން ރުފިޔާގެ އާމްދަނީއާ އަޅާބަލާއިރު 18.9 އިންސައްތަ އިތުރު އަދަދެެކެވެ. އަދި ޑިޕާޗަރ ޓެކްސްގެ ގޮތުގައި މިދިޔަ އަހަރު ދައުލަތަށް 983 މިލިއަން ރުފިޔާ ލިބިފައިވާއިރު، މި އަދަދަކީ 2022 ވަނަ އަހަރު ލިބުނު 830 މިލިއަން ރުފިޔާއާ އަޅާބަލާއިރު، 18.3 އިންސައްތަ އިތުރު އަދަދެކެވެ.

ޑިޕާޗާ ޓެކްސަކީ ރާއްޖޭގެ އެއާޕޯޓަކުން ރާއްޖެއިން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ނަގާ ޓެކުހެކެވެ. ޑިޕާޗާ ޓެކްސް ނަގަން ފަށާފައި ވަނީ ޖަނަވަރީ 1، 2022 އިން ފެށިގެންނެވެ. އަދި އެއާޕޯޓް ޑިވެލޮޕްމަންޓް ފީއަކީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) އިން ރާއްޖޭން ބޭރަށް ފުރާ ކޮންމެ ފަސިންޖަރެއްގެ އަތުން ނަގާ ފީއެކެވެ.

ޑިޕާޗާ ޓެކުހާއި އެއާޕޯޓް ޑިވެލޮޕްމަންޓް ފީތައް

  • އިކޮނޮމީ ކްލާސް: ދިވެހިން - 12 ޑޮލަރު / ބިދޭސީން - 30 ޑޮލަރު
  • ބިޒްނަސް ކްލާސް: ދިވެހިން - 60 ޑޮލަރު / ބިދޭސީން - 60 ޑޮލަރު
  • ފަސްޓް ކްލާސް: ދިވެހިން - 90 ޑޮލަރު / ބިދޭސީން - 90 ޑޮލަރު
  • ޕްރައިވެޓް ޖެޓް: ދިވެހިން - 120 ޑޮލަރު / ބިދޭސީން - 120 ޑޮލަރު

އެއާޕޯޓު ޓެކުހާއި ފީގެގޮތުގައި ލިބުނު އާމްދަނީ އިތުރުވިއިރު، މިދިޔަ އަހަރުގެ ތެރޭގައި ރާއްޖެއަށް ވަނީ ރެކޯޑު އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. އެގޮތުން އަހަރު ނިމުނު އިރު ރާއްޖެ ޒިޔާރަތް ކުރި ފަތުރުވެރިންގެ އަދަދު 1.8 މިލިއަނަށް ވުރެ މައްޗަށް އަރައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved