
ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ވެރިކަމެއްގައި ޕްރޮސެކިޔުޓާރ ޖެނެރަލްގެ މަގާމުގައި ހުސައިން ޝަމީމް ހުރުމަކީ ވަރަށް ވެސް ލަދުވެތިކަމެއްގެ ގޮތުގައި ޕީއެންއެފްގެ ސެކެޓްރީ ޖެނެރަލް މުހައްމަދު މަލީހް ޖަމާލް ސިފަކުރައްވައިފިއެވެ.
މަލީހް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ މިއަދު ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝިއަރީ ކޮމިޓީއިން ޕްރޮސިކިއުޓަރ ޖެނެރަލް ޝަމީމް އާއި ބައްދަލު ކުރެއްވި ފޮޓޯތަައް ހިއްސާ ކުރައްވާ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުކޮށްފައެވެ.
އެގޮތުން މަލީހް ވިދާޅުވީ ރައްޔިތުން ރައީސް މުއިއްޒަށް ވޯޓު ދިނީ ބަދަލަކަށް ކަމަށެވެ.
ނަމަވެސް އެ ބަދަލު އަންނަ މަންޒަރު ރައްޔިތުންނަށް ނުފެންނަ ކަމުގައިވާނަމަ ވަރުގަދަ ފިލާވަޅެއް ރައްޔިތުން ސަރުކާރަށް ދޭނެ ކަމަށް ވެސް މަލީހްގެ ޕޯސްޓްގައި ފާހަގަކުރައްވާފައިވެއެވެ.
މަލީހް މިފަދައިން ވިދާޅުވެފައިވާއިރު އެމްޑީއެން ޝަމީމް އެ މަގާމުގައި ހުރެގެން އެންމެ ބޮޑަށް އެކަމާ ދެކޮޅަށް ވަކާލާތު ކުރީ އަދުގެ ސަރުކާރުގެ ވެރިންނެވެ.
އެހެން ނަމަވެސް މިއަދު ޝަމީމް އެ މަގާމުގައި ބަހައްޓައިން ޝަރުއީ ނިޒާމަށް ނުފޫޒު ފޯރުވާތީ ގިނަ ބަޔަކު އަންނަނީ ފާޑުކިޔުން އަމާޒުކުރަމުންނެވެ.










