March 11, 2026
Advertisement
ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސައިން ޒިޔާދު
ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސައިން ޒިޔާދު / ރައްޔިތުންގެ މަޖިލިސް

ޒިޔާދު މި ސަރުކާރު މަތިބަރު ކަން ސިފަކޮށްދެއްވީ ތަފާތު ގޮތަކަށް!

Aminath Zara
އައިމިނަތު ޒާރާ
Jul 3, 2024, 03:08 AM
މާލެ ސިޓީ

އައު ސަރުކާރު ހުވާ ކުރެއްވި ފަހުން އާދަޔާ ޚިލާފަަށް ސިޔާސީ މަގާމުތައް އިތުރުވެފައިވާ ކަމަށްބުނެ ވައިކަރަދޫ ދާއިރާގެ މެމްބަރު ޙުސައިން ޒިޔާދު ސަރުކާރަށް ފާޑުވިދާޅުވެއްޖެއެވެ.

Advertisement

މިގޮތުން ދައުލަތް އެއްކޮށް ހުސްކޮށްލައިގެން މަޖިލިސް ގޮނޑިތައް ކާމިޔާބު ކުރައްވާފައިވާ ކަމަށް ބުނެ މެމްބަރު ޒިޔާދު ވަނީ މަޖިލިސްގައި ވާހަކަދައްކަވާފައެވެ.

ޒިޔާދު އިތުރަށް ވިދާޅުވީ ސަރުކާރުން ސިޔާސީ މަގާމުތައް އިތުރުކޮށް ކޮންމެ މިނިސްޓަަރެއްގެ ފަހަތުގައި ބޮޑު ދައުލަތެއް އޮންނަކަމަށެވެ.

މިގޮތުން ވަޒީރެއް މަޖިލީހަށް ހާޒިރު ކުރިއަސް އަދި އެނޫން ބައްދަލުވުމަކަށް ދިޔަޔަސް ވަޒީރުގެ ފަހަތުން ފޮޓޯއަށް ހުއްޓެން ބޮޑު ބައިގަނޑެއް އޮންނަ ފަދަ މޭރުމުން ވަާހަކަދައްކާފައިވެއެވެ.

އެގޮތުން ވިހައިގެން ނުކުތް ތެލާޕިޔާއެއް ހެން ވަޒީރު ވަށައިގެން ކުދި ކުދި ނައިބުންނާއި ސްޓޭޓުންނާ އެސްޕީޑީން ފުރިފައި ތިބޭކަމަށް ވެސް ޒިޔާދު ވިދާޅުވިއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved