April 14, 2026
Advertisement
ކުރީގެ ސީޕީ ހުސެއިން ޕީއެންއެފް ޖަލްސާގައި ވާހަކަ ދައްކަވަނީ
ކުރީގެ ސީޕީ ހުސެއިން ޕީއެންއެފް ޖަލްސާގައި ވާހަކަ ދައްކަވަނީ

ވަޒީފާގެ މައްސަލަ ހައްލުކުރާނެ ފޯމިއުލާތައް އޮތީ ހަމައެކަނި މި ޓީމުގައި: ހުސެއިން

Fathmath Reem
ފާތުމަތު ރީމް
Jan 6, 2024, 04:15 PM

ވަޒީފާގެ މައްސަލަތައް ހައްލު ކުރާނެ ފޯމިއުލާތައް އޮތީ ހަމައެކަނި މި ޓީމުގައި ކަމަށް ރައީސް ޔާމީނުގެ ތާއީދާއެކު މާލެސިޓީގެ މޭޔަރު ކަމަށް ކުރިމަތި ލައްވާ ކުރީގެ ކޮމިޝަނަރ އޮފް ޕޮލިސް ހުސެއިން ވަހީދު ވިދާޅުވެއްޖެއެވެ.

Advertisement

އެމަނިކުފާނު މިހެން ވިދާޅުވެފައިވަނީ ބުދަ ދުވަހުގެ ރޭ ޕީއެންއެފް އޮފީހުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

އެމަނިކުފާނު ވިދާޅުވީ ރާއްޖެގައި މިހާރު އެންމެ ބޮޑުވެފައިވާ މައްސަލައަކީ ވަޒީފާގެ މައްސަލަ ކަމާށާއި އެކަމަށް ހައްލު ހޯދާދެވޭނެ ފޯމިއުލާ އޮތީ އެމަނިކުފާނާ އެއްކޮށް ވާދަކުރައްވާ 3 ކެޑިޑޭޓުންގެ އަތުގައި ކަމަށެވެ.

އެގޮތުން ކުރީ ސަރުކާރުން އެންމެ ކުދި އަދި މެދު ފަންތީގެ ވިޔަފާރި ތަކަށްވެސް ބިދޭސީން އިތުރު ކުރުމުގެ ސަބަބުން ދިވެހިންނަށް ވަޒީފާގެ ފުރުސަތު ވަރަށް ބޮޑަށް ގެއްލިފައިވާ ކަމަށެވެ. އަދި ހަމައެހެންމެ އެބޭފުޅާ ގެނަސްދޭނީ ދިވެހި ޒުވާނުންނަށް ކުދި އަދި މެދު ފަންތީގެ ވިޔަފާރި ކުރެވޭނެ ގޮތް ތައް ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.

މި ވަޒީފާގެ މައްސަލަތައް ހައްލު ކުރާނެ ފޯމިއުލާ އޮތީ ހަމައެކަނި ޕީއެންއެފް އިން މި ނިކުންނަ ނުވަތަ އަޅުގަނޑާ އެއްކޮށް މި ނިކުންނަ 3 ބޭފުޅުންގެ އަތުގަ

ހުސެއިން

މީގެ އިތުރުން ހުސެއިން ވިދާޅުވީ ކޮންމެެހެން ހުރިހާ ވަޒީފާއެއް މާލޭ ސިޓީ ކައުންސިލުން ދޭކަށް ނުޖެހޭނެ ކަމަށާއި ވަޒީފާ ލިބޭނެ ގޮތް މަގު ފަހި ކޮށްދިނުމަކީ ކުރާނެ ކަމެއް ކަމަށް ވަނީ ވިދާޅުވެފައެވެ. އަދި މިއީ ދިވެހި ޒުވާނުންނަށް ވާނެ ވައުދެއް ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން އަބަދުވެސް އަޑު އިވެނީ ޒުވާނުންނަށް އަޅާލާނެ ބަޔަކު ނެތިގެން އުޅޭ ވާހަކަ ކަމަށާއި ޒުވާނުން ރިހަބިލިޓޭޓު ކުރުމަށްފަހު އަލުން މުޖުތަމައު އަށް ބޭނުންތެރި ބައެއްގެ ގޮތުގައި ނެރެ ދައްކާނެ ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved