April 4, 2026
Advertisement
ރައީސް ޔާމީން ޖަލްސާގައި ސުވާލު ކުރައްވަނީ
ރައީސް ޔާމީން ޖަލްސާގައި ސުވާލު ކުރައްވަނީ / ތޭރަ އޮންލައިން

ވެރިކަމާ ހަވާލުވި އިރު މާލީ ހާލަތު މުއިއްޒަށް ރަނގަޅަށް އެނގޭނެ: ރައީސް ޔާމީން

Aishath Naja
އައިޝަތު ނަޖާ
Jul 6, 2024, 06:52 PM
މާލެ ސިޓީ

ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެ ވަޑައިގެންނެވިއިރު މާލީ ހާލަތު ވެސް ހިމެނޭ ގޮތުން ރާއްޖޭގެ ހުރިހާ ދާއިރާއެއްގެ ހާލަތު އޮތް ގޮތް އެނގިވަޑައިގަންނަވާނެ ކަމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.

Advertisement

އެމަނިކުފާނު މިފަދައިން ވިދާޅުވެފައިވަނީ ބުރާސްފަތި ދުވަހުގެ ރޭ ފްރޮންޓް އޮފީހުގައި ކުރިޔަށް ދިޔަ ޖަލްސާގައި ސުވާލު އަމާޒު ކުރައްވަމުންނެވެ.

އެގޮތުން އެމަނިކުފާނު ވިދާޅުވީ ރާއްޖޭގެ މިހާރު އޮތް އިގްތިސާދީ ހާލަތު ޓްރާންސިޝަން މުއްދަތުގައި ފަސޭހަކަމާއެކު ބެލުމުގެ ފުރުސަތު ރައީސްއަށް ލިބިވަޑައިގެންފައި ވާނެ ކަމަށެވެ.

މާލީ އިދާރާތަކާއި މިނިސްޓްރީތަކުގެ ކަރުދާސްތައް ގެނައުމުން އެކަން ބައި ގަޑިއިރުން އެނގިވަޑައިގަންނަވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ އޭރު ވެސް އިގްތިސާދީ ކަންކަމާ ކަންބޮޑުވުމެއް ނެތް ކަމަށް ރައީސް މުއިއްޒު ވިދާޅުވެފައިވާ ކަމަށެވެ.

ބަހާ އަމަލާ ދިމާވާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވި. ހަމަ ރައްޔިތުންނަށް ވަރަށް ހިތްހަމަޖެހޭ ގޮތަށް ހިނިތުންވުމާއެކު އެ ވިދާޅުވަނީ ތިމަންނަމެން މި ހުރިހާ ކަމެއް އެނގެއޭ، ހާސްވާންޖެހޭ ކަންބޮޑުވާން ޖެހޭ އެއްވެސް ކަމެއް ނެތޭ. ދެން މީގަ އަޅުގަނޑުމެން ދަންނަވާލަން ބޭނުންވަނީ ކުރީ ސަރުކާރަށް ވެސް ލިބުނު ގޮތަށް މި ސަރުކާރަށް ވެސް ލިބުނު ޓްރާންސިޝަން ޕީރިއަޑެއް. ހަމަ ހޭބޯނާރައި ދިމްޔާތުގައި އެންމެން ކުރީ މި މަސައްކަތް

ރައިސް ޔާމީން ވިދާޅުވިއެވެ

ރާއްޖޭގެ މުއައްސަސާތަކުގައި ތިބި މީހުން ރައްޔިތުންނަށް ޖަވާބުދާރީވާން ޖެހޭ ކަމަށާއި ޖަވާބުދާރީވާން ޖެހޭ މި ހާލަތުގައި ހަނު ތިއްބަވަނީ ކީއްވެތޯ ސުވާލު އުފެދޭ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައްޔިތުންނަށް އެބޭފުޅުން އޯވް ކުރާ އެކްސްޕެލެނޭޝަންތަކެއް. ޖަވާބުދާރީވާން ޖެހޭ ހާލަތުގައޭ މިއޮތީ. ހަމައެކަނި ހިތިބޭސް ބޯ ވާހަކައެއް ނޫނޭ އަޅުގަނޑުމެން ދައްކަންވީ. ކީހާޅެން ފަރިއްސަށްވެގެންދާއިރު ހަނު މި ތިބެނީ ކީއްވެތޯއޭ

އެމަނިކުފާނު ވިދާޅުވިއެވެ.
ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved