March 26, 2026
Advertisement
ރައީސް ޔާމީން ޖަލްސާގައި
ރައީސް ޔާމީން ޖަލްސާގައި / ތޭރަ އޮންލައިން

ރައީސް މުއިއްޒު ކިތަންމެ ވަރަަކަށް "އޭ މިހިރަ ދިދަޔާއޭ" ކިޔަސް ގައުމީވަންތަ އެއްވެސް ސިފައެއް ނެތް: ރައީސް ޔާމީން

Aishath Naja
އައިޝަތު ނަޖާ
Jul 6, 2024, 09:12 PM
މާލެ ސިޓީ

ރައީސް ޑރ މުހައްމަދު މުއިއްޒު ކިތަންމެ ވަރަކަށް "އޭ މިހިރަ ދިދަޔާއޭ" ވިދާޅުވި ނަމަވެސް ގައުމީވަންތަ އެއްވެސް ސިފައެއް އެމަނިކުފާނުގައި ނެތް ކަމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

Advertisement

ރައީސް ޔާމީން މިފަދައިން ވިދާޅުވެފައިވަނީ ބުރާސްފަތި ދުވަހުގެ ރޭ ފްރޮންޓް އޮފީހުގައި ކުރިޔަށްދިޔަ ޖަލްސާގައެވެ.

އެގޮތުން އެމަނިކުފާނު ވިދާޅުވީ "އިންޑިޔާ އައުޓް" ހަރަކާތުގައި ރައީސް މުއިއްޒު ބައިވެރިވެވަޑައިގަތީ ރައީސް ޔާމީނަށް އިހުތިރާމް ކުރުމުގެ ގޮތުން ކަމަށް މަޖިލިސް މެމްބަރަކު ލައްވާ ވިދާޅުވެއްޖެ ކަމަށެވެ.

އެހެންކަމުން ދޭހަވަނީ ރައީސް މުއިއްޒުގެ އޭރުވެސް އިންޑިޔާ ސިފައިން މި ގައުމުން ބޭލުމުގެ ނިޔަތެއް ނެތް ކަމަށެވެ.

ރައީސް މުއިއްޒު ކިތަންމެ ވަރަަކަށް "އޭ މިހިރަ ދިދަޔާއޭ" ކިޔަސް ގައުމީވަންތަ އެއްވެސް ސިފައެއް ނެތް

ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން ވަނީ އަދުގެ ސަރުކާރުގައި ތިއްބެވި ފަރާތްތަކުން އިންޑިޔާ އައުޓް ކެމްޕެއިންގައި ބައިވެރިވި ކަން ފާހަގަކުރައްވާ އެކަން އެ ބޭފުޅުން ކުރެެއްވީ އެއްވެސް ހާލަތެެއްގައި އެއްވެސް މީހަކު މަޖުބޫރުކޮށްގެން ނޫން ކަމަށް ވެސް ވިދާޅުވެފައެވެ.

އަދި އިންޑިޔާ އައުޓް ކެމްޕެއިން ކުރިޔަށް ގެންދަން އަދުގެ ސަރުކާރުގެ އެއްވެސް އިސް ބޭފުޅަކަށް މިހާރު ނުކެރޭނެ ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވިއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved