February 22, 2026
Advertisement
އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް
އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް / ތޭރަ އޮންލައިން

ގަވަރުނަރު ހާޝިމް މަޖިލީހަށް ހާޒިރުކުރަން ނިންމައިފި

Aishath Naja
އައިޝަތު ނަޖާ
Jul 7, 2024, 11:52 PM
މާލެ ސިޓީ

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގަވަރުނަރު އަލީ ހާޝިމް މާދަމާ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ހާޒިރުކުރަން ނިންމައިފިއެވެ.

Advertisement

ހާޝިމް ހާޒިރުކުރަން ނިންމާފައިވަނީ މާދަމާ 11:00 ޖަހާއިރު ބާއްވާ މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމަކަށެވެ.

ހާޝިމްއާއެކު ޑެޕިއުޓީ ގަވަރުނަރު އަހުމަދު އިމާދާއި އެސިސްޓެންޓް ގަވަރުނަރު އިދުހާމް ހުސެއިން ވެސް މާދަމާގެ ކޮމިޓީ ބައްދަލުވުމަށް ވަޑައިގަންނަވާނެކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.

މާލިއްޔަތު ކޮމިޓީއަށް މާދަމާ ހާޝިމް ވަޑައިގަންނަވާއިރު އޭނާ ވަކި ކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒަށް ލަފާ ދިނުމަށް އެ ކޮމިޓީން ވަނީ ފާސްކޮށްފަ އެވެ.

އެ މައްސަލަ މިހާރު އޮތީ މަޖިލީހުގެ ތަޅުމުގައެވެ.

ގަވަރުނަރު ހާޝިމް ވަކި ކުރުމަށް ހުށަހެޅުއްވީ މާލިއްޔަތު ކޮމިޓީގައި ވެސް ހިމެނިވަޑައިގަންނަވާ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved