March 20, 2026
Advertisement
އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް
އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް / ތޭރަ އޮންލައިން

ގަވަރުނަރު ހާޒިރުކުރަން ތާވަލްކުރި ކޮމިޓީ ބައްދަލުވުން ކެންސަލް ކޮށްފި

Aishath Naja
އައިޝަތު ނަޖާ
Jul 8, 2024, 06:54 PM
މާލެ ސިޓީ

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގަވަރުނަރު އަލީ ހާޝިމް ހާޒިރުކުރަން ތާވަލުކުރި ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ ބައްދަލުވުން ކެންސަލްކޮށްފި އެވެ.

Advertisement

އަލީ ހާޝިމް ހާޒިރުކުރަން ނިންމާފައި އޮތީ މިއަދު 11:00 އަށެވެ.

އެ ބައްދަލުވުމަށް ހާޝިމްއާއެކު ޑެޕިއުޓީ ގަވަރުނަރު އަހުމަދު އިމާދާއި އެސިސްޓެންޓް ގަވަރުނަރު އިދުހާމް ހުސެއިން ވެސް ހާޒިރުވާން އޮތީ ނިންމާފައެވެ.

ގަވަރުނަރު މާލިއްޔަތު ކޮމިޓީއަށް ހާޒިރުކުރަން ނިންމިއިރު އޭނާ މަގާމުން ވަކި ކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒަށް ލަފާ ދިނުމަށް އެ ކޮމިޓީގައި ވެސް ހިމެނިވަޑައިގަންނަވާ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ވަނީ ނިންމާފައެވެ.

ގަވަރުނަރު ހާޒިރުކުރަން ތާވަލުކުރި ކޮމިޓީ ކެންސަލްކުރީ ކީއްވެ ކަމެއް ރައްޔިތުންގެ މަޖިލީހުން އަދި ހާމަކޮށްފައިނުވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved