މަޖިލީހުގެ ރިޔާސަތުގައި އިންނަވާ މަޖިލިސް ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ސަރުކާރުގެ މެމްބަރުންނާ އިދިކޮޅުގެ މެމްބަރުންނާ މެދު ތަފާތުކުރާކަން ހާމަވެއްޖެއެވެ.
މިކަން ހާމަވެފައިވަނީ ކޮޕީރައިޓްސް ގާނޫނަށް ބަދަލު ގެންނަން ސަރުކާރުން ހުށަހަަޅާފައިވާ ބިލަށް މަޖިލީހުގެ މިއަދުގެ ބަހުސްގައި ޕީއެންސީގެ ބައެއް މެމްބަރުންނާއި އެމްޑީއޭގެ މެމްބަރު ބޭނުން މައުލޫއަކަށް ވާހަކަ ދެއްކެވި އިރު ނުހުއްޓުވައި އިދިކޮޅު އެމްޑީޕީގެ މެމްބަރު އިބްރާހީމް ނާޒިލް މައުލޫއަށް ވާހަަކަ ދައްކަވަން ރިޔާސަތުން އެންގެވުމުންނެވެ.
ކޮޕީ ރައިޓްސް ގާނޫނަށް ބަދަލުގެންނަ ބިލަށް ބަހުސްކުރަން ފެށުމުގެ ކުރިން މިއަދުގެ ޖަލްސާގައި ފުރަތަމަ އޮތީ ހިތަދޫ ދެކުުނު ދާއިރާގެ މެމްބަރު ނާޒިލު ހުށަހެޅުއްވި ކުއްލި މައްސަލަ އެކެވެ.
އެ މައްސަލަ މަޖިލީހަށް ބަލައިގަނެ ބަހުސްކުރަން ފެނޭތޯ ނެގި ވޯޓުގައި ފާސްވެފައިނުވެއެވެ.
އެއަށް ފަހު ކޮޕީރައިޓްސް ގާނޫނަށް ބަދަލުގެންނަ ބިލަށް ކުރި ބަހުސްގައި ހުޅުދޫ ދާއިރާގެ ޕީއެންސީ މެންބަރު އަބްދުއްސައްތާރު މުހައްމަދެވެ.
އެ މައުލޫއުގެ އިތުރުން ނާޒިލު ހުށަހެޅުއްވި ކުއްލި މައްސަލާގައި ވިދާޅުވި ވާހަކަތަކަށް ވެސް ރައްދު ދެއްވި އެވެ.
އޭނާ ވިދާޅުވީ ވާދަވެރި ފަރާތްތަކުން އެއްވެސް ބަލައިލުމެއް ނެތި މަޖިލީހުގެ ވަގުތު ބޭކާރުކުރަން ކުއްލި މައްސަލަތައް ހުށަހަަޅާ ކަަމަށެވެ.
މި މަޖިލީހުގައި އެމްޑީޕީ އިން ހުށަހަޅާ ކުއްލި މައްސަލަތައް ސަރުކާރުގެ އަޢުލަބިއްޔަތު އޮންނަ މެމްބަރުން އަންނަނީ ބޭރުކުރަމުންނެވެ.
އަދި ރިޔާސަތުން ވެސް އަދުރޭ އަންނަނީ ސަރުކާރުގެ މެމްބަރުން ބޭނުން ވާހަކައަކަށް ބަހުސް ކުރަން ފުރުސަތު ދެމުންނެވެ.