ރާއްޖޭގައި ހާއްސައެހީއަށް ބޭނުންވާ މީހަކު އަމިއްލަ ގައިގަ ވަޅި އަޅައިގެން ފަރުވާދޭން ފަށައިފިކަމުގެ މައުލޫމާތު ލިބިއްޖެއެވެ.
މ.ދިއްގަރުގައި މިއަދު މި ހާދިސާ ހިނގާފައިވާއިރު މި މީހާއަކީ ޒުވާން ފިރިހެނެއްކަމަށް މައުލޫމާތު ލިބެއެވެ.
ފުލުހުންގެ އިދާރާއިން ހާމަކޮށްފައިވާ ގޮތުގައި ނަފްސާނީ ބަލި މީހަކު އަމިއްލައަށް ގައިގަ ވަޅި އަޅައިގެން ފަރުވާ ދެމުން އަންނަ ކަމަށެވެ.
މައުލޫމާތު ލިބެމުންދާ ވަރަކަށް ހާދިސާގެ ތަފްސީލް ހާމަކުރާނެ ކަމަށްވެސް ފުލުހުން ބުނެއެވެ.