ގަލޮޅު ކަންމަތީގައި އޮތް ވޭނެއްގައި އެއްޗެއް ގޮވައިފިއެވެ.
މި ހާދިސާ ހިނގި ސަރަހައްދުގައި ފުލުހުންނާއި ސިފައިން ދަނީ ހަރަކާތްތެރިވަމުންނެވެ.
ސިފައިން ހަރަކާތްތެރިވަމުން ދަނީ ހަތިޔާރާއި އެކުގައިކަން ފާހަަގަކޮށްލެވެއެވެ.
މިކަމާ ގުޅިގެން އެމްއެންޑީއެފް އިން ބުނީ މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބުނުކަމުގެ ރިޕޯޓެއް ލިބިފައިނުވާކަމަށެވެ.
އަދި ވޭނަށް ވެސް އެއްވެސް ގެއްލުމެއް ލިބިފައިވާކަމުގެ ރިޕޯޓެއް ނުލިބޭކަމަށް ވެސް އެމްއެންޑީއެފް އިން ވަނީ ބުނެފައެވެ.
މި ހާދީސާއާ ގުޅޭ އިތުރު ތަފްސީލް ލިބެމުންދާވަރަކަށް ހާމަކުރައްވާނެ ކަމަށް ވެސް އެމްއެންޑީއެފް އިން ވަނީ މީޑިޔާތަކަށް ފޮނުވި މެސެޖްގައި ބުނެފައެވެ.