ގަލޮޅު ކަންމަތީގައި އޮތް ވޭނެއްގައި އެއްޗެއް ގޮވައިގެން ސަލާމަތީ ބާރުތަކުން ހަރަކާތްތެރިވި އިރު އެެއްޗެއް ގޮވި ކަމުގެ ނިޝާނެއް ފެންނަން ނެތްކަމަށް އެމްއެންޑީއެފް އިން ބުނެފިއެވެ.
އެމްއެންޑީއެފް އިން ބުނި ގޮތުގައި މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިނުވެއެވެ.
އެމްއެންޑީއެފުން ބުނީ ގަލޮޅު ކަންމަތީގައި ޕާކުކޮށްފައި އޮތް ވޭނެއްގައި އެއްޗެއް ގޮވިކަމުގެ ރިޕޯޓެއް ލިބުމުން މި ކަހަލަ ކަންކަމުގައި އަމަލުކުރަމުން އަންނަ ޕްރޮސީޖާއާ އެއްގޮތަށް ކަންކަން ކޮށްފައިވާކަމަށެވެ.
އަދި މިހާތަނަށް ބެލިބެލުމުން އެއްވެސް ގޮވާ އެއްޗެއްގެ ނިޝާނެއް ފެންނަން ނެތް ކަމަށް އެ އިދާރާއިން ބުނެފައިވެއެވެ.
އެމްއެންޑީއެފް އިން ބުނީ މި ހާދިސާ ދިމާވާން މެދުވެރިވީ އެކްޕްލޯސިވެއްގެ ސަބަބުން ނޫންކަން ކަށަވަރު ކުރެވިފައިވާކަމަށެވެ.
އަދި މިކަން ހިނގާފައިވަނީ ވެހިކަލްގެ ޓެކްނިކަލް މައްސަލައަކުން ކަމަށް ބެލެވޭތީ މައްސަލަ މިހާރު ފުލުހުންގެ ހިދުމަތުން ބަލަމުންދާކަމަށެވެ.