April 17, 2026
Advertisement
ޕީއެންއެފް އުފެއްދުމުގާ އިސްކޮށް ހަރަކާތްތެރިވާ މުހައްމަދު މަލީހު ޖަމާލު
ޕީއެންއެފް އުފެއްދުމުގާ އިސްކޮށް ހަރަކާތްތެރިވާ މުހައްމަދު މަލީހު ޖަމާލު

އާޒިމާ ނެރެގެން އުޅެނީ ހިންގާފައި ހުރި ޖަރީމާތައް ފޮރުވަން: މަލީހު

Fathmath Reem
ފާތުމަތު ރީމް
Jan 6, 2024, 04:07 PM

މާލެ ސިޓީގެ މޭޔަރު ކަމަށް ސަރުކާރު ކެންޑިޑޭޓެއްގެ ގޮތުގައި އައިޝަތު އާޒިމާ ޝަކޫރު ނެރެގެން އެރައީސުލްޖުމްހޫރިއްޔާއާ ޓީމު އުޅުއްވަނީ މާލެ ސިޓީ ކައުންސިލްތެރޭ މިދައުރުގައި ހިންގާފައިވާ ބޮޑެތި ގޯސްތައް ފޮރުވަން ކަމަށް ޕީއެންއެފް އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވާ މުހައްމަދު މަލީހު ޖަމާލު ވިދާލުވެއްޖެއެވެ.

Advertisement

މަލީހު މިފަދައިން ވިދާޅުވެފައި ވަނީ އެކްސްގައި ކުރެއްވި ޕޯސްޓެއްގަ އެވެ.

މަލީހު ވިދާޅުވީ މި ސަރުކާރުގެ ސްޕެޝަލް އެންވޯއީ ޓު ދަ ޕްރެޒިޑޭންޓް އަބްދުއްރަހީމު އަޑީގައި ހުރެގެން އާޒިމާ މޭޔަރު ކަމަށް ނެރެގެން އުޅުއްވަނީ ސިޓީ ކައުންސިލްތެރޭ މިދައުރުގައި ހިންގާފައިވާ ބޮޑެތި ގޯސްތައް ފަސް އަޅާ ފޮރުވަންކަމަށެވެ. އަދި އެހެން ފިކުރެއްގެ ބޭފުޅަކު މޭޔަރުކަމަށް ހޮވިވަޑައިގެންފި ނަމަ އެކަންކަން ބަލާ ތަހުގީގުކުރާނެތީ ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.

މަލީހު ވިދާޅުވީ ދެރައީ އެފަދަ މަޅިއެއްގައި ޖެހިގެން އާޒިމާގެ އަބުރު އަމިއްލައަށް ވެއްޔާ މޮޑެމުން ދާތީ ކަމަށެވެ.

އާޒިމާ އަކީ ބައި-އިލެކްޝަންގައި މާލެ ސިޓީގެ މޭޔަރުގެ މަގާމަށް ސަރުކާރުގެ ކެންޑިޑޭޓުގެ ގޮތުގައި ވާދަކުރައްވާ ބޭފުޅެކެވެ.

އާޒިމާގެ މައްޗަށް މިހާރުވެސް ދަރަނީގެ މައްސަލައެއްގައި ކޯޓުން ހުކުމް ކޮށްފައިވެއެވެ. އަދި މިކަމާ ގުޅިގެން އާޒިމާއަށް ގިނަ ބައެއްގެ ފާޑުކިޔުންވެސް ވަނީ އަމާޒުވެފައެވެ.

ގިނަ ބަޔަކު ބުނަމުން ދަނީ އެފަދަ ދަރަންޏެއްގައި ހުކުމް ކޮށްފައި ހުރި މީހަކު މޭޔަރު ކަމަށް އެކަށީގެން ނުވާކަމަށާއި މޭޔަރު ކަމުގެ ރޭހުން އެކަމަނާ އެއްފަރާތް ވާން ޖެހޭ ކަމަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved