theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
ޕީއެންސީ ޕީޖީ / ސޯޝަލް މީޑިއާ
ސިޔާސީ
ކޮންމެ މެމްބަރަކަށް ވެސް އެއް ލައްކަ ރުފިޔާ ދޭން ވައުދުވުމަށްފަހު، މި މަހު ވެސް ދިނީ ބައި ލައްކަ!
Aishath Naja
އައިޝަތު ނަޖާ
10 ޖުލައި 2024
މާލެ ސިޓީ

ރައްޔިތުންގެ މަޖިލީހުގެ ޕީއެންސީ މެމްބަރުންނަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ފަރާތުން ކޮންމެ މަހަކު 1 ލައްކަ ރުފިޔާ ދެއްވާނެ ކަމަށް ވިދާޅުވެ މި މަހުވެސް ދެއްވީ ބައިލައްކަ ރުފިޔާ ކަން ހާމަވެެއްޖެއެވެ.

މިކަން "ތޭރަ އޮންލައިން" އަށް ވަނީ ކަށަވަރުވެފައެވެ.

ރައްޔިތުންގެ މަޖިލީހުގައި ސަރުކާރު ތަމްސީލް ކުރާ ޖުމްލަ 75 މެމްބަރުން ތިބޭއިރު އެ މެމްބަރުންނަށް ބައި ލައްކަ ރުފިޔާ ދޭން މަހެއްގެ މައްޗަށް 3.75 މިލިއަން ރުފިޔާ ހޭދަވާނެ އެވެ.

އެ ފައިސާއާ ނުލައި ވެސް ކޮންމެ މަޖިލިސް މެމްބަރަކަށް 82،500 ރުފިޔާ ލިބިގެންދެޔެއެވެ.

މިދިޔަ މަހުވެސް މުލިއާގެއިން މެމްބަރުންނަށް 50،000 ރުފިޔާ ދިން ކަމަށް ބުނުމުން ސަރުކާރުން ވަނީ އެކަން ދޮގުކޮށްފައެވެ.

ނަމަވެސް "ތޭރަ އޮންލައިން" އަށް ވަނީ އެ ފައިސާ މިދިޔަ މަހުވެސް އަދި މި މަހުގައި ވެސް ދިން ކަން ހާމަވެފައެވެ.

ދައުލަތުގެ ފައިސާ ނަހަމަގޮތުގައި ބޭނުންކުރަމުން ދާތީވެ، އާންމުން އަންނަނީ ސަރުކާރަށް ފާޑުކިޔުން އަމާޒުކުރަމުންނެވެ.

ކޮމެންޓު
ކޮމެންޓްތައް
fanara
11 ޖުލައި 2024, 12:17
mmuizzu evarah faisaa nerenee konthaakunthw balan beynum
ވަށަފަރު މީހުން އުބަށް ޖެހުން
11 ޖުލައި 2024, 18:18
މިސަރުކާރުން ވއްކަމެއް ނުކުރާނެ ފޭރޭނީ
އިބޫ
17 ޖުލައި 2024, 04:05
ދިމްޔާތު ކުއްޔަށްދީގެން ލިބޭފައިސާތަ؟ މެމްބަރުންނަށްދެނީ!
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved