އިއްޒުއްދީން ފާލަމުގެ މަސައްކަތް ކުރަނީ / އަދަދު
ސިޔާސީ
ރަސްމީ ފާލަމުގެ މަސައްކަތް ހުއްޓިފައި، އެމްޓީސީސީގެ ބަހެއް ނެތް!
Aishath Naja
އައިޝަތު ނަޖާ
11 ޖުލައި 2024
މާލެ ސިޓީ

ރަސްމީ ފާލަން ނުވަތަ އިއްޒުއްދީން ފާަލަމުގެ މަސައްކަތް ހުއްޓިފައިވާތާ ގިނަ ދުވަސްވެއްޖެއެވެ.

އިއްޒުއްދީން ފާލަމުގެ މަސައްކަތް ހުއްޓިފައިވާ ސަބަބު ސާފުކުރުމަށް "ތޭރަ އޮންލައިން" އިން ވަނީ އެ ފާލަމުގެ މަސައްކަތް ކުރާ ސަރުކާރުގެ ކުންފުނި އެމްޓީސީސީ އާ ސުވާލުކޮށްފައެވެ.

ނަމަވެސް އެމްޓީސީސީ އިން އެއްވެސް ޖަވާބެއް ދެއްވާފައިނުވެއެވެ.

އެމްޓީސީސީއާ މި މަސައްކަތް ކުރަން ހަވާލުކުރެވުނީ 11.7 މިލިއަން ރުފިޔާއަށްކަން ފާހަގަކޮށްލެވެއެވެ.

އެމްޓީސީސީގެ އިސް އޮފިޝަލަކު "ތޭރަ އޮންލައިން" އަށް މައުލޫމާތު ދިން ގޮތުގައި ފާލަމުގެ މަސައްކަތް ރަސްމީކޮށް ހުއްޓާލާފައިނުވެއެވެ.

ނަމަވެސް ކުންފުނީގެ ފަރާތުން އެ މަސައްކަތްދާ ހިސާބު ބަލާނެ ފަރާތެއް ނެތް ކަމަށާއި ކުންފުނިންގެ އެ މަސައްކަތައް އިހުމާލުވަމުން އަންނަކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ އަދި ރާއްޖެ އަންނަ އިއްޒަތްތެރިން ބޭނުން ކުރުމަށް ރަސްމީ ފާލަމެއް ބޭނުން ކުރަން ފެށީ 1953 ވަނަ އަހަރުގައި އެވެ.

ކޮމެންޓު
Copyright © 2013-2024 Media Ring Pvt Ltd.
All rights reserved