March 11, 2026
Advertisement
ރައީސް ޔާމީން
ރައީސް ޔާމީން / ތޭރަ އޮންލައިން

ރާއްޖެ ކުޑަޔަކަސް އިންޑިއާއަށް ރާއްޖެ ބުލީ ކުރުމުގެ ފުރުސަތު ދެވިގެން ނުވާނެ: ރައީސް ޔާމީން

Aminath Zara
އައިމިނަތު ޒާރާ
Jul 12, 2024, 06:14 PM
މާލެ ސިޓީ

ބާލާނެ ކަމަށް ވައުދުވި އިންޑިޔާ ސިފައިން އަދިވެސް ދިވެހިރާއްޖޭގައި ހަރަކާތްތެރިވަމުން އަންނަ ކަމަށާއި، އިންޑިޔާއިން އަދިވެސް ރާއްޖެ ބުލީ ކުރަމުން އަންނަ ކަމަށް ރައީސް ޔާމީން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

Advertisement

ރޭ ބޭއްވި ޕީއެންއެފްގެ ފްރޮންޓް އޮފީސް ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ރާއްޖެ ކިތަންމެ ކުޑަވިޔަސް އިންޑިޔާއިން ރާއްޖެއަށް ބުލީ ކުރުމުގެ ފުރުސަތު ދެވިގެން ނުވާނެކަމަށެވެ.

އިންޑިޔާ ސިފައިން ބާލާނެ ކަމަށް ރައީސް މުއިއްޒު އޭރު ވިދާޅުވަމުން ގެންދިޔަޔަސް މިހާރު އެމަނިކުފާނުގެ ބަހާއި އަމަލާއި ދިމާނުވާކަމަށް ފާހަގަކުރެއްވިއެވެ. މިގޮތުން ރާއްޖެއިން އިންޑިއާ ސިފައިން ފައިބަންޖެހޭކަމަށް ވިދާޅުވި ނަމަވެސް ހަނިމާދޫއިން އެކަނިވެސް އިންޑިއާ ސިފައިން ތިބިކަން ސާފުކޮށް އެނގޭކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބެވި ފަރާތްތަކުން އިންޑިއާއާއެކު އޮންނަ ގުޅުމާއި ގުޅޭގޮތުން ދައްކަވާ ވާހަކަފުޅުތަކުން ސާފުވަނީ އިންޑިއާގެ ނުފޫޒު އޮތް މިންވަރުކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

ސަރުކާރުގެ ހާރިޖީ ސިޔާސަތު އަދިވެސް އޮތީ އިންޑިއާއަށް ބަރޯސާވެފައިކަން ފާހަގަކުރައްވައި ރައީސް ޔާމީން ވިދާޅުވީ އިންޑިއާ ބޮޑު ގައުމަކަށް ވެ އޮވެ ރާއްޖެ ކުޑަ ގައުމަކަށް ވުމުން ބުލީ ކުރަން ދޫކޮށް ނުލެވޭނެކަމަށް ރައީސް މުއިއްޒު ކުރިން ވިދާޅުވި ކަމަށެވެ. އެހެންނަމަވެސް މިއަދު ފެންނަނީ ބުލީ ކުރާ މަންޒަރު ކަމަށް ފާހަގަކުރެއްވިއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved