

މޫސުން ގޯސްވެ ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ވައިޓް އެލާޓް ނެރެފިއެވެ.
މެޓް އޮފީހުން ވައިޓް އެލާޓް ނެރެފައިވަނީ ހއ. އަތޮޅުން އދ. އަތޮޅާއި ދެމެދުގައިވާ ސަރަހައްދަށެވެ.
އެ ސަރަހައްދަށް އެލާޓް ނެރެފައިވަނީ މެންދުރު 12:00 އިން އިރުއޮށްސި 06:00 އާ ހަމައަށެވެ.
ވައިޓް އެލާޓް ނެރެފައިވާ ވަގުތުގައި އެ ސަރަހައްދަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރުން އެކަށީގެންވާ ކަމަށް މެޓް އޮފީހުން ބުނެފައިވެއެވެ. އަދި 40 މޭލަށް ވައިގަދަވެދާނެ ކަމަށްވެސް މެޓް އޮފީހުން ލަފާކޮށްފައިވެއެވެ.
Alert White for Heavy thundershowers and gust winds. pic.twitter.com/sjJBpY26V2
— Maldives Meteorology (@MetMaldives) July 13, 2024
މާދަމާގެ ހެނދުނު 10 ޖެހުމާ ހަމައަށް މޫސުން ލަފާކުރާ ގޮތަށް ބަލާއިރު، އެކިހިސާބަށް ވިއްސާރަކޮށް ބައެއް ރަށްތަކަށް ގުގުރުން އެކަށީގެންވެއެވެ.
ވައި ޖެހޭނެ ކަމަށް ލަފާކުރެވެނީ ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 08 މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައި ގަދަވުން އެކަށީގެންވެއެވެ.
ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށް ލަފާކުރެވޭއިރު ރާޅުގެ އުސްމިން ހުންނާނީ 2 - 5 ފޫޓާ ދެމެދުގައެވެ.