April 30, 2026
Advertisement
ރައީސް އޮފީސް މިނިސްޓަ އަލީ އާރިފް
ރައީސް އޮފީސް މިނިސްޓަ އަލީ އާރިފް / ސޯޝަލް މީޑިއާ

ގަރުދިޔައާއި ބަތް ކައިގެން ޚަރަދު ކުޑަކުރުމުގެ ސިޔާސަތެއް ހުށަހަޅައިފި

Aminath Zara
އައިމިނަތު ޒާރާ
Jul 15, 2024, 05:40 PM
މާލެ ސިޓީ

ގަރުދިޔަ އާ ބަތާ ކައިގެން ރާއްޖޭގައި ޚަރަދު ކުޑަކުރުމުގެ ސިޔާސަތެއް ސަރުކާރުން ތައާރަފުކޮށްފިއެވެ.

Advertisement

މިކަން އިއުލާންކޮށްފައިވަނީ ރައީސް އޮފީހުގެ މިނިސްޓަރު އަލީ އާރިފުއެވެ.

ޕީއެންސީގެ ޖަގަހަ ޖަލްސާގައި ރޭ ވާހަކަދައްކަވަމުން އާރިފް ވިދާޅުވީ ރާއްޖެއަށް ކުރިމަތިވެފައިވާ މާލީ ދަތިތަކުން އަރައިގަތުމަށް ރައްޔިތުން އެއްބާރުލުން ބޭނުންވާ ކަމަށާއި އެކަމަށްޓަކައި ގަރުދިޔަ އާއި ބަތާ ކައިގެން އާދައިގެން ދިރިއުޅުމަށް ތިރިވެލަންޖެހޭ ކަމަށްށެވެ. އެެހެން ނަމަވެސް އޭނާ ވަނީ މިއީ ދަތި ދުވަސްކޮޅަކަށް ވިޔަސް، ރާއްޖެ ބަނގުރޫޓު ނުވާނެ ކަމަށާއި ކުރިމަގު ވަރަށް ފާގަތި ކަމަށް ވިދާޅުވެފައެވެ.

ފައިސާ ޗާޕްކުރުމަކީ ފަސޭހަ ގޮތެއް ކަމަށާއި ނަމަވެސް ރައީސް މުއިއްޒު ބޭނުންވަނީ އެކަން ނުކޮށް ހިތި ބޭސް ބޮއެގެން ވިޔަސް މި ދަތިކަމުން އަރައިގަތުމަށް ކަމަށް އަލީ އާރިފު ފާހަގަ ކުރެއްވި އެވެ. އަދި އޭނާ ދައުލަތުގެ މާލީ ހާލަތު ސިފަކުރެއްވީ ގުނަވަނަކަށް ކެންސަރުޖެހިފައިވާ ބަލި މީހެއްގެ މިސާލުގެ ގޮތުގަ އެވެ. މީގެ އިތުރުން ނޫސްވެރިންނަށް ވެސް އާރިފް ވަނީ ފާޑުވިދާޅުވެފައެވެ.

އާރިފު މިހެން ވިދާޅުވެފައިވީ ނަމަވެސް ސަރުކާރުން ޚަރަދު ކުޑަކުރުމުގެ ނިޔަތުގައި އެއްވެސް މަސައްކަތެއް އެދެވިގެންވާ ގޮތުގައި ކުރަމުން އަންނަ ތަނެއް ނުފެނެއެވެ. ސަރުކާރުގެ ރަސްމީ ދަތުރު ތަކާއި ސިޔާސީ މަގާމުތައް އުފެއްދުން އަދިވެސް ކުރިއަށްދާއިރު ޚަރަދު ކުޑަކުރަން ގަރުދިޔަ އާއި ބަތް ކެއުން ނޫން ކަމެއް ސަރުކާރުން ނުވިސްނަނީބާވައެވެ.

ކޮމެންޓު
ކޮމެންޓްތައު
ޒާހިރު
Jul 17, 2024, 12:45 AM
ތިމާއަށްވުރެ ބޮޑު މަގާމަކަށްދެވުނީމާ ތިމާއޮޅެނީއެވެ.
ލަކުޑި ކަޅޭ
Jul 16, 2024, 12:00 PM
އޭމިހެރަ ގަރުދިޔައާރިފޫ ކަލޭގޮރުހަނޑާބަލަ ތިރުނޑިނުބުންޏަސް އަދިވެސް މިކަނީ ގަރުދިޔަޔާބަތާ މަހިތައްމިސައިތާނައްވަޒީފާދިނީހޭބަލިވެފަހުރި ބުރާންޗެއްބާއޭ ޖެހޭ ގަރުދިޔަ ބޯތަށި ގަރުދިޔަމަސްބުރި މަ ވަރައްރުޅިއާސްފި މި ބޅދެކެ
މަޖީދު
Jul 16, 2024, 02:47 AM
މީ ވާ ގައުމެއް
ރެއްކަބޭ
Jul 16, 2024, 12:56 AM
މަގޫފަތާއި ބަނބުކެޔޮތޮޅި ކާންޖެހޭނެވާހަކަ މީނަމިބުނަނީ.. މީނަޔަށް ހީވަނީ ރައްޔިތުންވެސް އާއްމުކޮށް ކައިބޮއެ މިއުޅެނީ މިބޭފުޅުން ތިންއިރު އޯޑަރުޖަހައިގެން ކައިބޮއިއުޅޭގޮތަށްކަމަށް.
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved