
މަރުކަޒީ ބޭންކު، އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް ހުށަހަޅަން، މަޖިލިހުގެ މާލިއްޔަތު ކޮމިޓީން ފާސްކޮށްފިއެވެ.
އެ ކޮމިޓީއިން މިފަދައިން ފާސްކުރީ ގަވަރުނަރު ހާޝިމް ވަކިކުރަން މަޖިލީހުން ހިންގާ މައްސަލައިގައި ޖަވާބުދާރީވާން، މާލިއްޔަތު ކޮމިޓީއަށް މިދިޔަ ތިން ދުވަހު ވެސް އާލާސްކަންފުޅާ އުޅުއްވާތީ އޭނާ ހާޒިރުވެވަޑައިގެންފައި ނުވާތީ, އޭނާ ލިޔުމުން ފޮނުއްވި ޖަވާބަށް ބަލައެވެ.
އިއްޔެ މަޖިލީހަށް 14 ޞަފްހާގެ ރިޕޯޓެއް ހުށަހަޅާފައިވާނެ ކަމަށާއި ސުވާލުތަކުގެ ޖަވާބު އޭގެން ލިބޭނެ ކަމަށް ގަވަރުނަރު ވިދާޅުވިއެވެ. މަޖިލީހަށް ހާޒިރުވެ ވަޑައި ނުގަތް ނަމަވެސް ގަވަރުނަރު ވަނީ ސިޓީއިން ޖަވާބު ދެއްވާފައެެވެ. ކޮމިޓީއަށް ފޮނުވި ސިޓީގައި އޭނާ ވިދާޅުވީ, ސަރުކާރުތަކަށް ގަވަރުނަރުގެ ހައިސިއްޔަތުން ލަފާ ދެއްވާ ކަމަށާއި ނަމަވެސް ސަރުކާރުން އިރުޝާދުތަކުގެ އަޑު ނާއްސަވާ ކަމަށެވެ.
ގަވަރުނަރުކަމުން ހާޝިމް ވަކިކުރަން ފާސްވީ މިއަދުގެ މާލިއްޔަތު ކޮމިޓީގެ އިއްތިފާޤުންނެވެ.
ގަވަރުނަރުކަމުން އަލީ ހާޝިމް ވަކިކުރަން ލަފާ ދިނުމަށް ހުށަހެޅުއްވީ މަޖިލީހުގެ ނައިބުރައީސް ދިއްގަރު ދާއިރާގެ މެންބަރު މުހައްމަދު ނާޒިމެވެ. ނާޒިމު އެފަދައިން ހުށަހެޅުއްވުމުން އަލީ ހާޝިމް ވަކިކުރަން ލަފާ ދިނުމަށް ކޮމިޓީން އޮތީ ފާސްކޮށްފަަ އެވެ.
ނާޒިމް މިފަދައިން ހުށަހަޅުއްވާފައިވަނީ މައިގަނޑު ތިން ސަބަބެއް ފާހަގަކުރައްވާފަ އެވެ. އެގޮތުން އޭނާ ފާހަގަކުރެއްވި ސަބަބުތަކަކީ:










