March 27, 2026
Advertisement
ރައީސް ޞާލިޙުގެ މަންމާފުޅު އަވަހާރަވުމުން ރައީސް ޔާމީންވަނީ ތަޢުޒިޔާ އަރިސްކުރައްވާފައި
ރައީސް ޞާލިޙުގެ މަންމާފުޅު އަވަހާރަވުމުން ރައީސް ޔާމީންވަނީ ތަޢުޒިޔާ އަރިސްކުރައްވާފައި / ތޭރަގްރެފިކްސް

ރައީސް ޞާލިޙުއަށާ ޢާއިލާއަށް ރައީސް ޔާމީން ތަޢުޒިޔާ އަރިސް ކުރައްވައިފި

Mariyam Isaadha
މަރިޔަމް އިސާދާ
Jul 18, 2024, 06:54 PM
މާލެ ސިޓީ

ކުރީގެ ރައީސް އިބްރާހިމު މުޙައްމަދު ޞާލިޙުގެ ލޮބުވެތި މަންމާފުޅު އަވަހާރަވުމާ ގުޅިގެން ރައީސް އަބްދުﷲ ޔާމީންގެ ފަރާތްޕުޅުން އެ ޢާއިލާއަށް ތަޢުޒިޔާ އަރިސްކުރައްވައިފިއެވެ.

Advertisement

ރައީސް ޔާމީންއާ އަނބިކަނބަލުން މެޑަމް ފާތިމަތު އިބްރާހިމުގެ ފަރާތްޕުޅުން ރައީސް ޞާލިޙުގެ ޢާއިލާއަށް ފޮނުއްވި ތަޢުޒިޔާގެ މެސެޖުގައި ވިދާޅުވެފައިވަނީ ރައީސް ޞާލިޙުގެ މަންމާފުޅު ދުނިޔެ ދޫކުރެއްވި ޚަބަރު އެއްސެވީ ހިތާމައާ އެކު ކަމަށާ ޢާއިލާއަށް ކުރިމަތިވެވަޑައިގެންނެވި މި ހިތާމަވެރި ދަނޑިވަޅުގައި ރައީސް ޞާލިޙުގެ އާއިލާގެ ހިތާމައިގައި އެމަނިކުފާނާ އަދި ޢާއިލާވެސް ބައިވެރިވެވަޑައިގަންނަވާ ކަމަށެވެ. އަދި ރައީސް ޞާލިޙުގެ ޢާއިލާއަށް އެމަނިކުފާނުގެ ހިތްޕުޅުގެ އިޚްލާސްތެރި ތަޢުޒިޔާ އަރިސްކުރައްވާ ވަނީ ޢާއިލާއަށް ކެތްތެރިކަން ދެއްވުން އެދި ދުޢާ ދަންނަވާފައެވެ.

ރައީސް ޞާލިޙުގެ މަންމާފުޅު އަވަހާރަވީއިރު އުމުރުފުޅުން 80 އަހަރެވެ.

ރައީސް ޞާލިޙުގެ މަންމާފުޅު، މޫމިނާ ހަސަންފުޅަށް 12 ބޭފުޅަކު ލިބިވަޑައިގެންނެވިއެވެ.

އޭގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދާއިރާގެ ކުރީގެ މެންބަރު އަލީ ނިޔާޒާއި މަޖީދިއްޔާ ސްކޫލުގެ ޕްރިންސިޕަލް އައިޝަތު މުޙައްމަދު ސޯލިހާއި ރައީސް މައުމޫން އަބްދުލްގައްޔޫމާ، ރައީސް އަބްދުﷲ ޔާމީނުގެ އިތުރުން ރައީސްޞާލިހުގެ ޕާސަނަލް ސެކްރެޓަރީކަން ކުރެއްވި ފާތިމަތު މުޙައްމަދު ސޯލިހުގެ އިތުރުން ލޯފަން ތިން ބޭފުޅަކު ހިމެނެއެވެ.

ރައީސް ޞާލިހުގެ މަންމާފުޅު އަވަހާރަވުމާ ގުޅިގެން ގިނަ ބަޔަކު ގެންދަނީ ތައުޒިޔާގެ މެސެޖުތައް ހިއްސާކުރަމުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved