

ރައިސުލް ޖުމުހުރިއްޔާ ގައުމުގައި ކުރާނެ ކަމެއް ނެތިގެން 14 ގަޑި އިރު ބޭކާރު ކޮށްލުމުން ދޭހަވަނީ ގައުމުގެ ދިރުމެއްނެއް ކަން ކަމުގައި، ސިފައިންގެ މާލެ އޭރިޔާގެ ކުރީގެ ކޮމާންޑަރު ކެޕްޓަން އަހުމަދު ފަޔާޒް އަލީ ރިޒާ(ޕާޕާ) ވަނީ ބުނެފައެވެ.
ޕީއެންއެފް ފްރޮންޓް އޮފީހުގައި ރޭ ބޭއްވުނު ޖަލްސާ ގައި ވާހަކަ ދައްކަވަމުން އެ ބޭފުޅާ ފާހަގަކޮށް ފައިވަނީ ރައިސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވަނީ ދިވެހިރައްޔިތުން ގެ ކުރިމަތީ ޖޯކަރަކަށްވެފައި ކަމަށެވެ. އެ ސާދަގަޑި އިރުގައި އެއްވެސް އޮއްޓަރެއްހުރި ހަަމަޖެހޭ ވާހަކައެއް ދައްކާފައި ނުވާކަމަށެވެ. އެ ސާދަގަޑި އިރުވީ ރައްޔިތުންނާއި އަދި ނޫސްވެރިންވެސް ނަފްސާނީ ވެގެންދިޔަ ބިރުވެރި 14 ގަޑިއިރުކަމަށެވެ.
އަޅުގަނޑު މެންނަށް ފެނިގެން ދިޔައީ ދިވެހިރާއްޖޭގެ ރައިސުލް ޖުމުހުރިއްޔާއަކު، ދިވެހިރާއްޖޭގެ ތާރީހުގަ ދިވެހިރައްޔިތުން ކުރިމަތީ ބަރަހަނާވެ ދިވެހިރައްޔިތުންނަށް ދޮގާ މަކަރާ އޮޅުވާލުމަށްޓަކައި ހިގައިގެން ދިޔަ ބަނަ ނުތަނަވަށް ސާދަ ގަޑިއިރު ދިވެހި ހުރިހާ ރައްޔިތުން ނުނިދާ މިކަން ބޮޑޫވެގެން، މީގެއިން ދައްކަ ދިން އަނެއްކަމަކީ މިޤައުމު އޮތީ މަރުވެފައި ކަން، ޤައުމުގެ ދިރުމެއް ނެތްކަން އޭނަކުރާނެ ކަމެއް ނެތްކަން، ހެދުނު 10 ޖެހީއްސުރެ މެންދަމު 01 ޖަހަންދެން ރައިސުލް ޖުމުހުރިއްޔާއަކަށް ހުރެވޭނެ ތޯ ކަމެއް ޤައުމުގަ ކުރާނަމަ.
ދިވެހިރާއްޖޭގެ ރައިސް އަކަށް ހުންނެވި ބޭފުޅަކު އެ މޭރުމުން ވާހަކަދައްކަވާ ނޫސްވެރިންނާ ގެރި ޒުވާބު ކުރުމުންވެސް ދޭހަވެގެން ދިޔައީ އެބެފުޅާގެ ލަޔާގަތުކަމެއް ނެއްކަން ކަމުގައި ޕާޕާ ފަޔާޒް ވަނީ ބުނެފަ އެވެ.
ނޫސްވެރިން އެ ބައްދަލުވުމަށް ހާޒިރުވީ، ވަރަށް ތަފްސީލީ މައުލާމާތު ހޯދާ އެބޭފުޅުން ގެ ހޯމްވޯކް ރަގަޅަށް ކޮށްގެން ކަމުކައި މި ވާހަކައި ގައި ޕާޕާ ވަނީ ފާހަގަ ކޮށްފަ އެވެ.