March 26, 2026
Advertisement
ރައީސް ޔާމީން އަބްދުލްޤައްޔޫމް
ރައީސް ޔާމީން އަބްދުލްޤައްޔޫމް / ސޯޝަލް މީޑިއާ

ޚަޒާނާއަކަށްވި ރައީސް ޔާމީންގެ ބޭނުން ފުދުމުން ނަގާ އެއްލާލައިފި:ނާއިފު

Aminath Zara
އައިމިނަތު ޒާރާ
Jul 19, 2024, 03:53 PM
މާލެ ސިޓީ

2023 ވަނަ އަހަރުގެ ރިޔާސީ ޓިކެޓު ލިބިވަޑައިގެންނެވުމާއި އެކު ރައީސް ޔާމީން ފެއްޓެވި "އިންޑިޔާ އައުޓް" ކެމްޕޭން ކުރިއަށް ގެންދަވާ، ވަޑައިގެންނެވި ކޮންމެ ރަށަކަށް، ބައްދަލުކުރެއްވި ކޮންމެ މީހެއް ކައިރީ ރައީސް ޔާމީން މިނިވަން ކުރައްވާނެކަމަށް ރައީސް މުއިއްޒު ދިޔައީ ވިދާޅުވަމުން ކަމަށް ކުރީގެ ކުރީގެ ޔޫތް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ ނާއިފް ޝައުގަތު ވިދާޅުވެއްޖެއެވެ.

Advertisement

މިގޮތުން ރައީސް ޔާމީން އަކީ ޚަޒާނާއެއްކަމަށާއި އެމަނިކުފާނަށް އެކި ގޮތްގޮތުން ޘަނާ ކީ ބޭފުޅުން މިއަދު އެމަނިކުފާނު ބޮލަށް ފައިން އެރުމަށްފަހު ވެރިކަމަށް އައިސްފައިވާ ކަން ނާއިފު ފާހަގަކުރެއްވިއެވެ.

އަދި "އިންޑިޔާ އައުޓް" ކެމްޕޭން ޓީޝާޓުގައި ޖަހަން ކެރުނު ހަމައެކަނި ފަރާތަކީ ރައީސް ޔާމީން ކަމަށްވެސް ބުނެފައިވެއެވެ.

މީގެ އިތުރުން ރައީސް ޔާމީންއަށް ނުހައްގުން ކޮށްފައިވާ ހުކުމުން ސަލާމަތްކުރުމަށް އެންމެ ބޮޑަށް މަސައްކަތްކޮށްދެއްވި އެކަކީ ޑރ ޖަމީލްކަންވެސް ވަނީ ފާހަގަކުރައްވާފައެވެ. ނާއިފު މިހެން ވިދާޅުވީ ސަރުކާރުގެ އިސްވެރިން ޑރ ޖަމީލްއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ މިދިޔަ އާދީއްތަ ދުވަހު ބޭއްވި ޖަލްސާގައި ވާހަކަދައްކާފައިވާތީއެވެ.

ކަންމިހެން އޮތް އިރު، ރައީސް ޔާމީން މިނިވަން ކުރައްވަން އެއްވެސް އިޚްލާސްތެރި މަސައްކަތެއް ވެރިކަން ލިބުނު ފަހުންވެސް ކޮށްފައިނުވާކަން ރައީސް ޔާމީންވަނީ ޑިސްކަޝަންގައި ވިދާޅުވެފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved