
ރައީސް މުހައްމަދު މުއިއްޒު ވަރު މަކަރުވެރި ހީލަތްތެރިވެރިއަކު ގައުމު ދެކެފައިނުވާކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ތުހުމަތުކުރައްވައިފިއެވެ.
ޑރ. ޖަމީލު މިފަދައިން ތުހުމަތު ކުރައްވާފައިވަނީ އެމަނިކުފާނު އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
ޕީއެންއެފް އުފެއްދުމަށް ޖަލްސާ ބޭއްވި ރޭ ފުލުހުން މެދުވެރިކޮށް އެކަން ހުއްޓުވާ ރައްޔިތުންނަށް އަނިޔާވެރިވުމަށް ފަހު އޭގެ އަނެއް ދުވަހު މީޑިޔާތަކަށް މައުލޫމާތު ދެއްވަމުން ރައީސް މުއިއްޒު ވިދާޅުވެފައިވަނި އެކަން އެގޮތަށް ފުލުހުން ކޮށްފައިވަނީ އެކަން އެގޮތަށް ނުކުރުމަށް އެމަނިކުފާނު އަންގަވާފައި ވަނިކޮށް ކަމަށެވެ. ނަމަވެސް އެހެން ވިދާޅުވާއިރު އެމަނިކުފާނުގެ މޫނުފުޅު މަތިން މަލާމަތާ ފުރައްސާރައިގެ ހިނިތުންވުމެއް ފެނިގެން ދެއެވެ.
އެ ހިނިތުންވުމާއެކު ރައީސް މުއިއްޒު ވާހަކަފުޅު ދެއްކެވި ވީޑިއޯ ހިއްސާ ކުރައްވާ ޑރ. ޖަމީލު ކުރެއްވި ޕޯސްޓުގައި ވަނީ ސުވާލުތަކެއް ކުރައްވާފައެވެ.
އެގޮތުން ރައީސަކު މިވަރަށް ރައްޔިތުންނަށް މަލާމާތް ކުރިތަން ދެކުނިންތޯ އާ މިވަރަށް ހިނިތުންވެ ހުންނަވާ ކަންބޮޑުވިތަން ދެކުނިންތޯ ޑރ. ޖަމީލު އައްސަވާފައިވެއެވެ. މީގެ އިތުރުން މިވަރަށް ކަމެއް ބޭނުންވި ގޮތަށް ނުނިމިގެން ނު ނިދިގެން އުޅުނުތަން ދެކުނިންތޯވެސް ޑރ. ޖަމީލު އައްސަވާފައިވެއެވެ.










