March 27, 2026
Advertisement
ޕީއެންއެފް ޖަލްސާގެ ތެރެއިން
ޕީއެންއެފް ޖަލްސާގެ ތެރެއިން / ތޭރަ އޮންލައިން

ޝަރީއަތަށް ނުފޯޒު ފޯރުވި. މީހުންގެ ލިސްޓް އެބަ އޮތް: ރައީސް ޔާމީން

Aminath Zara
އައިމިނަތު ޒާރާ
Jul 20, 2024, 08:06 PM
މާލެ ސިޓީ

ރައީސް އަބްދުﷲ ޔާމީނުގެ ޝަރީއަތަށް މިހާރު އެ އިއްތިހާދުގެ ސަރުކާރުގައި އިސްކޮށް ހުންނެވި ބޭފުޅުންގެ ތެރެއިން ނުފޫޒު ފޯރުވި ބޭފުޅުންގެ "ފުލް ލިސްޓު" އެބަ އޮތް ކަމަށް ރައީސް ޔާމީން ވިދާޅުވެއްޖެއެވެ.

Advertisement

ޕީއެންއެފްގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނަށް އިއްވި 11 އަހަރުގެ ޖަލު ހުކުމުގެ އިސްތިއުނާފު ޝަރީއަތް ލަސް ކުރުމަށް މި ސަރުކާރުގެ އިސް ބޭފުޅުންގެ ބައިވެރިވުން އެބަ އޮތް ކަމަށެވެ. އެ ނަންތައް ހާމަކުރަން ޖެހޭ ވަގުތު އައުމުން އެ ކަން ވެސް ކުރައްވާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

އެ މަނިކުފާނަށް ލިބިފައި އޮތް ރިޔާސީ ކެންޑިޑެސީ ބާތިލު ކުރުމަށް ޕާޓީގެ ތެރެއިން ބައެއް ބޭފުޅުން މަސައްކަތް ކުރި ކަމަށް ވެސް ޔާމީން ތުހުމަތު ކުރެއްވި އެވެ. އޭގައި އެންމެ އިސްކޮށް ހުންނެވީ މިހާރު ސަރުކާރުގެ ވަޒީރަކު ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ. ނަމަވެސް އެއީ ކޮން ވަޒީރެއް ކަމެއް ވިދާޅެއް ނުވެ އެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved