February 22, 2026
Advertisement
އާތިފް
އާތިފް / ސޯޝަލް މީޑިއާ

މިއީ ގަވަރުނަރު ވަކިކުރަންވީ ވަގުތެއް ނޫން: އާތިފް

Aminath Zara
އައިމިނަތު ޒާރާ
Jul 22, 2024, 04:53 PM

ސާފު ގާނޫނީ ހުއްޖަތެެއް ނެތި، މިއީ ގަވަރުނަރު ވަކިކުރުން މުނާސަބު ވަގުތެއް ނޫން ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓު (އެފްއައިޔޫ)ގެ ކުރީގެ ވެރިޔާ އާތިފް ޝަކޫރު ވިދާޅުވެއްޖެ އެވެ.

Advertisement

ހާޝިމް މަގާމުން ވަކި ކުރަން ނިންމާފައިވަނީ ރާއްޖޭގެ އިގުތިސާދީ ހާލަތު ރަނގަޅު ކުރުމަށް ގަވަރުނަރުގެ ޒިންމާތަކާއި މަސްއޫލިއްޔަތުތައް އަދާ ނުކުރައްވާ ކަމަށް ތުހުމަތުކުރައްވަ އެވެ

ގަވަރުނަރުގެ މަގާމުން ހާޝިމް ވަކިކުރުމަށް މަޖިލީހުގެ ތަޅުމަށް ހުށަހަޅަން، މަޖިލިހުގެ މާލިއްޔަތު ކޮމިޓީން ވަނީ ފާސްކޮށްފަ އެވެ. މި މައްސަލަ މިއަދުގެ ޖަލްސާއަށް ވަނީ އެޖެންޑާކޮށްފަ އެވެ.

ގަވަރުނަރު ވަކިކުރަން ކޮމިޓީއަށް ހުށަހެޅުއްވީ މަޖިލިހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ނާޒިމެވެ.

އާތިފް ވިދާޅުވީ މާލީ އުދަރެސް ބަނަވުމުގެ ސަބަބުން، އެތަކެއް އަހަރުތަކެއް ވަންދެން ނާޅައި ހުރި ފިޔަވަޅު ތަކެއް އެޅުމުގެ ވާހަކަ ފެށުމާއި ގުޅިގެން، މިއަދަކީ ރައްޔަތުން ކަންބޮޑުވެފައިވާ ދުވަސްކޮޅެެއް ކަމަށާއި މި ހާލަތުގައި ގަވަރުނަރު ވަކި ކުރުމަކީ މާލީ އުދަރެސް އިތުރަށް ބަނަވެ، ދިވެހި ރައްޔިތުންނާއި ބޭރު އިދާރާތަކުގެ މެދުގައި ރާއްޖޭގެ މާލީ ހާލަތާމެދު އިތުރަށް ކަންބޮޑުވުން އުފެދޭނެ ކަމެއް ކަމަށެވެ.

''އޮޅުވާ ނުލައްވައްޗެވެ. ރާއްޖޭގެ ގާނުނުތަކާއި، އެމްއެމްއޭގެ ޤާނޫނާ ކަނޑައެޅިގެން ހިލާފުވެފައިވާނަމަ، އަޅަން ޖެހިފައިވާ ފިޔަވަޅެއް ނޭޅުއްވުމަކަށް ފަހަރެއްގައިވެސް އެދެނީކީ ނޫނެވެ.'' އޭނާގެ ބްލޮގްގައި ލިޔުއްވައިފައި ވެއެވެ.

އާތިފް ވިދާޅުވީ ރާއްޖޭގެ އެކްސްޕޯޓާއި ފަތުރުވެރިކަމުގެ ސިނާއަތަށް އަސަރުކޮށް، ޑޮލަރުގެ އަގު އުފުލިފައި ވަނިކޮށް، ބާޒާރަށް އިތުރު ފައިސާ ނެރުމާއި ދެކޮޅަށް ގަވަރުނަރު މަސައްކަތް ކުރެއްވިނަމަ، އެއީ ޑޮލަރުގެ އަގު އިތުރަށް ބޮޑުވިޔަ ނުދިނުމަށް އެޅުއްވި ފިޔަވަޅުތަކެއް ކަމެއް، ނުވަތަ ހަމަ ނޭއްގާނި ކަމުން ކަމެއް ސާފެއް ނުވާ ކަމަށެވެ.

މިފަދަ ދަނޑިވަޅެއްގައި މިފަދަ ފިޔަވަޅެއް އެޅުމަކީ ސަރުކާރުން ނުވިސްނާ ނަގާ ފިޔަވަޅެއްގެ ގޮތުގައި ސިފަކޮށްފައިވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved