March 10, 2026
Advertisement
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް / ސޯޝަލް މީޑިއާ

ސަރުކާރުގެ ރަނގަޅުކަން ދެއްކުމަށް މަޖިލިސް ތަޅުމުގައި ބަންގީގެ އަޑު އިއްވާކަން އިސްތިހާރު ކުރަނީ

Aminath Zara
އައިމިނަތު ޒާރާ
Jul 23, 2024, 04:06 PM
މާލެ ސިޓީ

ރައްޔިތުންގެ މަޖިލީހުގެ ހޯމަ ދުވަހުގެ ޖަލްސާގައި ބަންގީގެ އަޑު އިއްވާން ފެށުމަށްފަހު ޕީއެންސީގެ މަޖިލިސް މެމްބަރުންނާއި, ސަރުކާރުގެ އިސްވެރިން އެކަން ޕީއާރު ސްޓަންޓަކަށް ހައްދަވާ ސޯޝަލް މީޑިއާގެ ވަސީލަތްތަކުގައި އިސްތިހާރު ކުރައްވަމުން ގެންދަވާކަން ފާހަގަކުރެވިފައިވެއެވެ.

Advertisement

މީގެ ކުރިން މެދުރު ނަމާދު ވަގުތަށް މަޖިލިސް ފްލޯ މެދު ކަނޑާލާނަމަވެސް, އިއްޔެގެ ޖަލްސާ ވަނީ މެދު ކަނޑާނުލާ ބަންގީގެ ވަގުތާއި ދިމާވާގޮތަށް ކުރިޔަށް ގެންގޮސްފައެވެ. އެއީ, ބަންގީގެ އަޑު ގެނެސްދޭން ފަށާކަން އާންމުކޮށް ފެންނާނޭހެން މަޖިލިސް ފްލޯ ލައިވް ކުރުމުގެ ބޭނުމުގައި ކަމަށް ބެލެވެއެވެ.

މަޖިލިސް ފްލޯގައި އެއްވެސް އިރަކު ބަންގީގެ ވަގުތުގައި ފްލޯގެ ބަހުސް ކުރިޔަށް ގެންގޮސްފައިނުވެއެވެ.

އެހެންކަމުން ނަމާދުގެ ވަގުތަކީ އެއްވެސް އިރަކު މަޖިލިހުގެ ޖަލްސާތައް ކުރިޔަށްދާ ވަގުތުތަކެއް ނޫނެނެވެ.

އެހެންނަމަވެސް، މަޖިލިހުގެ ތަޅުމުގައި ބަންގީގެ އަޑު އިވޭނެހެން މަޖިލިހުގެ ޖަލްސާތައް ކުރިޔަށް ގެންދިޔައީ ބަންގީގެ އަޑު މަޖިލިސް ފްލޯއިން އިއްވަން ފެށުން ބޮޑު ޕީއާރު ސްޓަންޓަކަށް ހެދުމުގެ ބޭނުމުގައި ކަމަށް ގިނަ ފަރާތްތަކުން އަންނަނީ ބުނަމުންނެވެ.

މާތްވެގެންވާ އިސްލާމް ދީނުގައި ދެއްކުންތެރިކަމަކީ ނުބައިވެގެންވާ, ނުރައްކާތެރި އަމަލެކެވެ. އަދި އަމުދުން ދެއްކުންތެރިކަމަށް ދީން ބޭނުންކޮށް, ދީނަކީ ސިޔާސީ ހަތިޔާރަކަށް ހެދުމަކީ އެހާމެ ނުބައިކަން ބޮޑު އަމަލެއްކަށްވާއިރު، މި ސަރުކާރުން އަންނަނީ ދީން ބޭނުންކޮށްގެން ސިޔާސީ ފައިދާތައް ހޯދަމުންނެވެ.

ކޮމެންޓު
ކޮމެންޓްތައު
ޔާސިރު އަ
Jul 23, 2024, 09:45 PM
މަޖްލިސް މެންބަރުން ހޮވީ ބަންގީގެ އަޑުއިއްވާކައް ނޫން ރާއްޖޭގެ ހިންގަންޖެހޭ އޮނިގަޑު ތައްޔާރުކުރަން
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved