ޚާން ޔުނިސްގެ އިރުމަތި ފަޅިއަށް އިސްރާއީލުން ދިން ހަމަލާތަކާއި 70 އެއްހާ މީހުން ޝަހީދުކޮށްލާފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.
އަލްޖަޒީރާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި ޚާން ޔޫނިސްގެ އިތުމަތީ ސަރަހައްދަށް އިސްރާއީލުގެ އަސްކަރިއްޔާއިން ދިން ހަމަލާތަކުގައި ފަލަސްތީނުގެ 70 މީހުން ޝަހީދުވެ 200 އަށް ވުރެ ގިނަ މީހުން ޒަޚަމްވެފައި ވެއެވެ.
ޓޭންކާއި މަތިންދާ ބޯޓުތަކާއި ބޮޑުބަޑީގެ ހަމަލާ އެތަނަށް ދީފައި ވަނީ އެ ސަރަހައްދުތައް ހުސްކުރުމަށް އިސްރާއީލުގެ އަސްކަރިއްޔާއިން އަންގާފައި ވަނިކޮށެވެ.
ޣައްޒާގެ ހާން ޔޫނުސްގެ އިރުމަތީ ފަޅި ހުސް ކުރަން އެންގިތާ 15 މިނެޓު ފަހު، އިސްރާއީލުން އެ ސަރަހައްދަށް ބޮން އަޅަން ވަނީ ފަށައިފައެވެ.
ހާން ޔޫނުސްގެ އިރުމަތީ ފަޅީގައި ތިބި ފަލަސްތީނުގެ ރައްޔިތުން އެ ސަރަހައްދު ދޫކޮށް އަލް-މަވާސީ ސަރަހައްދަށް ދިއުމަށް އަންގާފައިވާނެ ކަމަށް އިސްރާއީލްގެ އަސްކަރިއްޔާގެ ތަރުޖަމާނު އަވިޗޭ އަދުރާއީ ބުނެފައި ވެއެވެ.