March 12, 2026
Advertisement
ޗީފު ސްޕޯކްސް ޕާސަން ހީނާ ވަލީދު
ޗީފު ސްޕޯކްސް ޕާސަން ހީނާ ވަލީދު / ރައީސް އޮފިސް

ނޫސްވެރިންނާ ގާތުން މަސައްކަތްކުރާނެ ކަމަށް ބުނި ސަރުކާރުން ނޫސްވެރިންނާ ބައްދަލުނުކުރާތާ 51 ދުވަސް!

Mariyam Isaadha
މަރިޔަމް އިސާދާ
Jul 24, 2024, 06:02 PM
މާލެ ސިޓީ

ނޫސްވެރިންނާ ގާތުން މަސައްކަތްކުރާނެ ކަމަށް ބުނި ސަރުކާރުން ނޫސްވެރިންނާ ބައްދަލުނުކުރާތާ 50 ދުވަސް ވެފައިވާކަން ހާމަވެއްޖެއެވެ.

Advertisement

ރައީސް މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެން ނޫސްވެރިންނާ ބައްދަލުކުރެއްވުމަށް ބޭއްްވި ނޫސްވެރިންގެ ގުންޒަރުގައި ވިދާޅުވެފައިވަނީ މި ސަރުކާރަކީ ނޫސްވެރިންނަށް އެްއްވެސް ކަމެއް ނުފޮރުވާ ނޫސްވެރިންނާ އެންމެ ގާތުން މަސައްކަތްކުރާނެ ސަރުކާރަށް ވާނެ ކަމަށެވެ.

މި ސަރުކާރުގެ އިސް ތަރުޖަމާނު ހިނާ ވަލީދު މަގާމާ ހަވާލުވެވަޑައިގެން ބޭއްވި ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުމުގައި އެޕްރިލު މަހުގެ 28 ގައިވެސް ވަނީ އެ ވާހަކަތައް ތަކުރާރު ކުރައްވާފައެވެ. އަދި ރައީސް އޮފިހުގެ ފަރާތުން ކޮންމެ ހަފްތާއަކު އެއް ފަހަރު ނޫސްވެރިންނާ ބައްދަލުކުރާނެ ކަމަށް ވިދާޅުވިއެވެ.

ނަމަވެސް ރައީސް އޮފީހުން އެންމެ ފަހުން ނޫސްވެރިންގެ ބައްދަލުވުމެއް ބޭއްވީ ޖޫން 2، ގައި ހޯމް މިނިސްޓަރު އަލީ އިހުސާން އިސްކޮށް ހުންނަވާއެވެ. އެ ބައްދަލުވުމަކީ އިޒްރޭލު ޕާސްޕޯޓު މަނާކުރަން ގާނޫނަށް ބަދަލު ގެންނަން އެ ދުވަހު ވަޒީރުންގެ މަޖިލީހުން ނިންމި ނިންމުން އިއުލާނުކުރަން ބޭއްވި ބައްދަލުވެމެކެވެ.

އޭގެ ފަހުން މިހާރު 51 ދުވަސް ވެފައިވާ އިރު ރައީސް އޮފީހުން ނޫސްވެރިންގެ ބައްދަލުވުމެއް އިއުލާނުކޮށް ބާއްވައިފައެއް ނުވެއެވެ. މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 23 ގެ ފަހުން ރައީސް މުއިއްޒުގެ ހިލަމެއްވެސް ނޫސްވެރިންނަށް ނުވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved