April 4, 2026
Advertisement
ރައީސް ޔާމީން، ޕީއެންއެފް ޖަލްސާގައި
ރައީސް ޔާމީން، ޕީއެންއެފް ޖަލްސާގައި / ތޭރަ އޮންލައިން

ގެއްލުވާލި ކަނޑުގެ ސަރަހައްދު ހޯދާކަށް މި ސަރުކާރަކުން ނޫޅޭ: ރައީސް ޔާމީން

Aishath Naja
އައިޝަތު ނަޖާ
Jul 27, 2024, 01:47 AM
މާލެ ސިޓީ

ރައީސް އިބްރާހިމް މުހައްމަދު ޞާލިހްގެ ސަރުކާރުން ގެއްލުވާލި ދެކުނުގެ ކަނޑުގެ ސަރަހައްދު ހޯދަން މި ސަރުކާރުން އުޅޭ މަންޒަރެއް ނުފެންނަކަމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

Advertisement

ރައީސް ޔާމީން މިފަދައިން ވިދާޅުވެފައިވަނީ ފްރޮންޓް އޮފީހުގައި ކުރިޔަށް ގެންދިޔަ ޖަލްސާގައި ޕީއެންއެފްގެ ރައީސް ޒެއިންއާ ސުވާލު އަމާޒުކުރައްވަމުންނެވެ.

އެގޮތުން އެމަނިކުފާނު ވިދާޅުވީ 59 ވަނަ މިނިވަން ދުވަސް ބައްދަލުކުރި އިރު ވެސް ކުރީ ސަރުކާރުން ގެއްލުވާލި ކަންޑުގެ ސަރަހައްދު ހޯދަން ކުރާ މަންޒަރު ފެންނަން ނެތްކަމަށެވެ.

ލީގަލް ވެއިޓެއް އޭގައި އޮތަސް ނެތަސް ދިވެހި ސަރުކާރުން އިޓްލޮސްގައި އެމީހުން ނިންމެވި ނިންމުން ބަލައި ނުގަންނަކަމަށް ވެސް ބުނެވެންޖެހޭނެކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

މި ސަރުކާރުން އެ ހޯދަން ކުރާ މަސައްކަތެއް ނެތޭ، އެންމެ ކުޑަމިނުން އަދި އޭގައި ލީގަލް ވެއިޓެއް އޮތަސް ނެތަސް އިނގޭތޯ އިޓްލޮސްގައި ބުނަން އެބަޖެހޭ ދިވެހި ސަރުކާރުން އެންމެ މަތީ މަރުހަލާއިން ސިޓީ ފޮނުވާފައި ބުނަން އެބަޖެހޭ ކަލޭމެންގެ ނިންމުމެއް އަހަރެެމެން ބަލައެއް ނުގަންނަމޭ

ރައީސް ޔާމީން ވިދާޅުވިއެވެ

ދިވެހި ސަރުކާރުން އެގޮތައް އިޓްލޮސްގައި ބުނާ ހިސާބުން އެ ކަނޑު އަނބުރާ ހޯދައިދެއްވާނެ ކަމުގެ ނިޔަތެއް ސަރުކާރުގައި އެބައޮތްކަން ރައްޔިތުންނަށް ސާބިތުވެގެންދާނެ ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވިއެވެ.

އަދުގެ ސަރުކާރުގެ ވެރިންނަކީ ކުރީ ސަރުކާރުން އެ ކަނޑުގެ ސަރަހައްދު ވިއްކާލުމުން އެކަމާ ދެކޮޅަށް އެންމެ ބޮޑަށް އަޑު އުފުލާ ވަކާލާތު ކުރެއްވި ބޭފުޅުންނެވެ.

ނަމަވެސް ވެރިކަން ލިބުމުން އެ ކަނޑު އަނބުރާ ހޯދަން މަސައްކަތް ނުކުރައްވާތީ ރައީސް ޔާމީންގެ އިތުރުން އާންމުންވެސް އަންނަނީ ފާޑުކިޔަމުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved