
ރަސްމާލް ޕްރޮޖެކްޓް އަކީ ބަޖެޓުން ބޭރުން ކަމަށް ބުނެ ހިންގަވާފައިވާ ބޮޑު ޖަރީމާއެއް ކަމަށް ބުނެ ޕީއެންއެފްގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު މަލީހް ޖަމާލް ވިދާޅުވެއްޖެއެވެ.
މަލީހް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ މި ސަރުކާރުން ހިންގާފައިވާ ރަސްމާލެ ބޮޑު ވައްކަން ބެލެން ޖެހޭނެ ކަމަށެވެ. މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ފެށި ފުށިދިއްގަރުފަޅު ހިއްކައިގެން 'ރަސްމާލެ'ގެ ނަމުގައި މުޅިން އާ ސިޓީއެއްގެ ތަރައްގީކުރުުމުގެ ބިޔަ މަސައްކަތް ވަނީ ދުވަސްކޮޅެއް ނުވެ ބުރަކި ޖެހި އެކީ ހުއްޓިފަ އެވެ. ރާއްޖޭގެ އެންމެ އަގުބޮޑު ބިން އޮތް ހުޅުމާލެ ހިމެނޭ ގޮތުން 70 ހެކްޓަރު އެ ކުންފުންޏަށް ދީގެން ފެށި މަޝްރޫއު ކުރިއަށް ނުކެނޑުމުން، އެ ކުންފުންޏާ އެކު ހެދި އެއްބަސްވުން ނިމުމަކަށް ގެންނަން ސަރުކާރުން މިހާރު ވަނީ ނިންމާ ވަނީ ބޮޑު ޑްރާމާގަނޑެއް ކުޅެފައެވެ.
މަލީހް އިތުރަށް ވިދާޅުވެފައިވަނީ މިކަމުގައި ޝާމިލުވާ ފަރާތްތަކަށް ޝަރީއަތް ހިންގާ ހުކުމް ކުރަންޖެހޭނެ ކަމަށާއި ދޮވެލީ ދިވެހި ހުރިހާ ރައްޔިތުންގެ ފައިސާ ކަމަށެވެ.
މި ސަރުކާރު ވެރިކަމާއި ހަވާލުވިފަހުން އަންނަނީ މިފަދަ ބޮޑެތި ކޮރަޕްޝަންގެ ގިން މަޝްރޫއުތައް ހިންގަމުންނެވެ.










