May 1, 2026
Advertisement
 ސިޓީ ކައުންސިލް
ސިޓީ ކައުންސިލް / ސޯޝަލް މީޑިއާ

މިއަހަރު މަގުތަކަށް ކުނި އެޅުމުގެ 6500 އަށް ވުރެ ގިނަ މައްސަލަ

Aishath Naja
އައިޝަތު ނަޖާ
Jul 29, 2024, 08:30 PM
މާލެ ސިޓީ

ނިމިދިޔަ 6 މަސް ދުވަހުގެ ތެރޭ މަގުތަކަށް ކުނި އެޅުމުގެ 6500 އަށް ވުރެ ގިނަ މައްސަލަ މާލެ ސިޓީ ކައުންސިލަށް ހުށަހަޅާފައިވާކަމަށް އެ ކައުންސިލުން ހާމަކޮށްފިއެވެ.



މާލޭގެ މަގުތަކަށް ކުނި އެޅުމުގެ މައްސަލައަކީ ފަހަކަށް އައިސް ބޮޑުވެފައިވާ މައްސަލައެކެވެ. މަގުތަކުގައި މީހުންނަށް ދަތިވާގޮތަށް ގިނަ އިރުތަކެއް ވަންދެން ކުނި އުކައިނުލާ ބެހެއްޓުމުން ގިނަ ބަޔަކު ފާއިތުވި އަހަރެއްހާ ދުވަހުގެ ތެރޭ ޖޫރިމަނާކޮށްފައިވެއެވެ.


އަދި ކުނި އަޅާފަރާތްތައް ހޯދުމަށް ސީސީޓީވީ ފުޓޭޖުތަކެއްވެސް ފުލުހުންނާ ގުޅިގެން ކައުންސިލުން ވަނީ އާންމުކޮށްފައިވެއެވެ.


މާލެ ސިޓީ ކައުންސިލުން ރޭ އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާ ގޮތުން، މާލޭގެ މަގުތަކަށް ކުނި އަޅައިގެން އެ އިދާރާއަށް ޖުމްލަ 6،560 ޝަކުވާއެއް ލިބިފައިވެއެވެ.


އަދި މީގެ އިތުރުން އެ ކައުންސިލުން ޖުމްލަ 6،475.1 ޓަނުގެ ކުނި އުކާލާފައިވާއިރު، އޭގެ ތެރެއިން 2،359.2 ޓަނުގެ ކުންޏަކީ މާލޭގެ މަގުތަކުން ނަގާފައިވާ ކުނިކަމަށް އެ ކައުންސިލުގެ ރިޕޯޓުން ދައްކައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved