March 22, 2026
Advertisement
މުނައްވަރު ގަވަރުނަރުކަމަށް އައްޔަންކުރަން ވަނީ ރުހުންދީފައި
މުނައްވަރު ގަވަރުނަރުކަމަށް އައްޔަންކުރަން ވަނީ ރުހުންދީފައި / ރައީސް އޮފިސް

ގަވަރުނަރަކަށް މުނައްވަރު އައްޔަންކުރަން މަޖިލީހުން ފާސްކޮށްފި

Mariyam Isaadha
މަރިޔަމް އިސާދާ
Jul 30, 2024, 06:26 PM
މާލެ ސިޓީ

ދިވެހިރާއްޖޭގެ ގަވަރުނަރުކަމަށް އަހުމަދު މުނައްވަރު އައްޔަނު ކުރަން ފެންނަ ކަމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

Advertisement

ރައްޔިތުންގެ މަޖިލީހުން މުނައްވަރަށް ރުހުން ދީފައިވަނީ ވޯޓުގައި ބައިވެރިވި 78 މެންބަރުންގެ ވޯޓުންނެވެ.

މަޖިލީހުގެ މާލިއްޔަތު ކޮމިޓީއިން އިއްޔެ ވަނީ މުނައްވަރާ އިންޓަވިއު ކުރުމަށްފަހު ގަވަރުނަރުގެ މަގާމަށް އައްޔަނު ކުރުމަށް ފެންނަ ކަމަށް ފާސްކޮށްފައެވެ.

މުނައްވަރު ފިނޭންސް މިނިސްޓަރުގެ އެޑްވައިޒަަރުގެ މަގާމަށް މިނިސްޓަރެއްގެ ފެންވަރުގައި ވަނީ މި ސަރުކާރުގައި އައްޔަންކޮށްފައެވެ. މުނައްވަރަކީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ފިނޭންސް މިނިސްޓަރުކަން ވެސް ކުރެއްވި ބޭފުޅެކެވެ.

ގަވަރުނަރުގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި އަލީ ހާޝިމް މަގާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުން ރައީސުލްޖުމްހޫރިއްޔާއަށް މަޝްވަރާ އެރުވުމަށް ފާސްކުރުމުން ރައީސް ޑރ. މުހައްމަދު މުއިއްޒު، ގަވަރުނަރުގެ މަގާމުން އަލީ ހާޝިމް ވަކިކުރެއްވުމުންނެވެ.


ހާޝިމް މަގާމުން ވަކި ކުރީ އެމްއެމްއޭގެ ގާނޫނުގައި ބަޔާންކޮށްފައިވާ އެ އޮތޯރިޓީގެ މަގުސަދުތަކާއި މަސައްކަތްތައް އަދާކުރުމުގެ ގާބިލުކަން އޭނާގެ ކިބައިގައި ނެތް ކަމަށް މާލިއްޔަތު ކޮމިޓީއަށް ސާބިތުވާ ކަމަށް ބުނެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved