April 23, 2026
Advertisement
58 ވަނަ މިނިވަން ދުވަހު ޕެރޭޑުގެ ތެރެއިން
58 ވަނަ މިނިވަން ދުވަހު ޕެރޭޑުގެ ތެރެއިން / ދަ އެޑިޝަން

އަންނަ ހުކުރު ދުވަހު ހަވީރު މާލޭގައި ވެހިކަލް ދުއްވުން މަނާކޮށްފި

Aishath Naja
އައިޝަތު ނަޖާ
Jul 31, 2024, 12:30 AM
މާލެ ސިޓީ

މިނިވަން ދުވަހުގެ ޕެރޭޑް އަންނަ ހުކުރު ދުވަހު ބޭއްވުމަށް ހަމަޖެހުމާއި ގުޅިގެން އެ ދުވަހު ހަވީރު މާލޭގެ މަގުތަކުގައި ވެހިކަލް ދުއްވުން މަނާކޮށްފި އެވެ.

Advertisement

ރާއްޖޭގެ 59 ވަނަ މިނިވަން ދުވަހުގެ ޕެރޭޑު އޮގަސްޓު 2 އަށް ފަސްކޮށްފައިވަނީ މޫސުން ގޯސްވުމާ ގުޅިގެންނެވެ.

މާލެ ސިޓީ ކައުންސިލުން ކުރި އިއުލާނެއްގައި ބުނީ ވެހިކަލް ދުއްވުން މަނާކުރީ މި ޕެރޭޑާ ގުޅިގެން މާލޭގެ ޓްރެފިކް ފްލޯ ކުރަން އުނދަގޫވާނެތީ ކަމަށެވެ.

އަދި ވެހިކަލް ދުއްވުން މަނާކުރީ އެ ދުވަހު ހަވީރު 4:00 އިން 6:00 ކަމަށް ވެސް އެ އިދާރާއިން ވަނީ ހާމަކޮށްފައެވެ.

މިނިވަންދުވަހުގެ ޕެރޭޑަކީ ސިފައިންނާއި ކެޑޭޓުން ކޮންމެ އަހަރެއްގެ ޖުލައި 26 ގެ ހަވީރު ކުރިއަށް ގެންދާ ރަސްމީ ހަރަކާތެކެވެ.

މި ހަރަކާތް ބައްލަވާލައްވަން އޭރަކު ހުންނަވާ ރައީސާއި އަނބިކަނބަލުން ވަޑައިގަންނަވަ އެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved