March 22, 2026
Advertisement
ގަވަރުނަރުކަމަށް މުނައްވަރު އައްޔަންކޮށް ލިޔުން ޙަވާލުކުރެއްވުން
ގަވަރުނަރުކަމަށް މުނައްވަރު އައްޔަންކޮށް ލިޔުން ޙަވާލުކުރެއްވުން / ރައީސް އޮފިސް

ގަވަރުނަރު ކަމަށް މުނައްވަރު އައްޔަންކުރައްވައިފި

Mariyam Isaadha
މަރިޔަމް އިސާދާ
Aug 1, 2024, 02:44 AM
މާލެ ސިޓީ

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގަވަރުނަރުގެ މަގާމަށް، ދަފްތަރު. ނަންބަރު ރސ 13099، އަލްފާޟިލް އަޙްމަދު މުނައްވަރު ޢައްޔަނުކުރައްވައިފިއެވެ.

Advertisement

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، މުނައްވަރު ގަވަރުނަރުކަމަށް އައްޔަންކުރެއްވީ، ޤާނޫނު ނަންބަރު 6/81 (މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ޤާނޫނު 1981) ގެ 6 ވަނަ މާއްދާގެ (3) ވަނަ ނަންބަރުގައިވާ ގޮތުގެމަތިންނެވެ.

ގަވަރުނަރުކަމަށް އައްޔަނުކުރެއްވިކަމުގެ ލިޔުން، މުނައްވަރަށް ރައީސުލްޖުމްހޫރިއްޔާ ހަވާލުކުރެއްވީ، އެކަމަށްޓަކައި މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައެވެ.

ރައްޔިތުންގެ މަޖިލީހުން މުނައްވަރަށް ރުހުން ދީފައިވަނީ ވޯޓުގައި ބައިވެރިވި 78 މެންބަރުންގެ ވޯޓުންނެވެ

މުނައްވަރު ފިނޭންސް މިނިސްޓަރުގެ އެޑްވައިޒަަރުގެ މަގާމަށް މިނިސްޓަރެއްގެ ފެންވަރުގައި ވަނީ މި ސަރުކާރުގައި އައްޔަންކޮށްފައެވެ. މުނައްވަރަކީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ފިނޭންސް މިނިސްޓަރުކަން ވެސް ކުރެއްވި ބޭފުޅެކެވެ.

ގަވަރުނަރުގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި އަލީ ހާޝިމް މަގާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުން ރައީސުލްޖުމްހޫރިއްޔާއަށް މަޝްވަރާ އެރުވުމަށް ފާސްކުރުމުން ރައީސް ޑރ. މުހައްމަދު މުއިއްޒު، ގަވަރުނަރުގެ މަގާމުން އަލީ ހާޝިމް ވަކިކުރެއްވުމުންނެވެ.


ހާޝިމް މަގާމުން ވަކި ކުރީ އެމްއެމްއޭގެ ގާނޫނުގައި ބަޔާންކޮށްފައިވާ އެ އޮތޯރިޓީގެ މަގުސަދުތަކާއި މަސައްކަތްތައް އަދާކުރުމުގެ ގާބިލުކަން އޭނާގެ ކިބައިގައި ނެތް ކަމަށް މާލިއްޔަތު ކޮމިޓީއަށް ސާބިތުވާ ކަމަށް ބުނެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved