ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީ ކަމަށްވާ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އުވާލުމުގެ މަސައްކަތް ޕީޕީއެމްގެ އާންމު މެމްބަރުންގެ ވޯޓާއެކު ވެރިމަށް އައިސް ތިބި ވެރިން ކުރަން އުޅޭކަން ހާމަވެއްޖެއެވެ.
އެގޮތުން ޕީޕީއެމް/ޕީއެންސީގެ ބައެއް މެމްބަރުންގެ ފަރާތުން އެނގުނު ގޮތުގައި ޕީޕީއެމް އުވާލުމުގައި އިސްކޮށް ހަރަކާތްތެރި ވަނީ މަޖިލިސް ރައީސް އަބްދުއްރަހީމް އަބްދުﷲ އަދި އަދުގެ ރައީސް ޑރ މުހައްމަދު މުއިއްޒެވެ.
އޭގެއިތުރުން ދާދި ފަހުން ޕީއެންސީގެ ޓީމުތައް ރަށްރަށަށް ކުރި ދަތުރުތަކުގައި އެ ރަށްރަށުގައި ތިބި ޕީޕީއެމްގެ މެމްބަރުން ޕީއެންސީ އަށް ވަނީ ބަދަލުކޮށްފައެވެ.
ޕީޕީއެމް އުވާލުމުގެ ކުރިން އަދުރޭ އަދި ރައީސް މުއިއްޒު ވެސް އަމާޒު ހިފާފައިވަނީ ޕީއެންސީ އަށް ޕީޕީއެމްގައި ތިބި ހުރިހާ މެމްބަރުން ވެއްދުމެވެ.
ޕީޕީއެމްގެ ގެ އާންމު މެމްބަރުންގެ ވޯޓާއެކު ވެރިކަމަށް އައުމަށްފަހު ފެނިގެން ދަނީ އެ މެމްބަރުން މަގުމަތިކޮށް، ޕާޓީ އުވާލުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރުމުގައި ސަރުކާރުން އުޅޭ މަންޒަރެވެ.
ޕީޕީއެމްގެ ކުލަޔާއި ނިޝާން މިހާރު ފެންނާން ނެތް ކަމަށް ގިނަ ފަރާތްތަކުން ބުނުމުން ސަރުކާރުން ވަނީ ޑިފެންސަށް ކުޅިފައެވެ.
އެގޮތުން ޕީޕީއެމް އާއި ޕީއެންސީ އާ ދެމެދުގައި އެއްވެސް ތަފާތު ކުރުމެެއް ނުގެން ގުޅުއްވާކަމަށް ސަރުކާރުން ވިދާޅުވާއިރު މަންޒަރު ވަރަށް ވެސް ތަފާތެވެ.
ޕީޕީއެމްގައި މިއަދު ވެސް ތިބި އާންމު މެމްބަރުން ވަނީ މިކަމާ ނުރުހުން ފާޅުކޮށް ސަރުކާރަށް ފާޑުކިޔުން އަމާޒުކޮށްފައެވެ.